ދިވެހިރާއްޖެ
އިޢުލާން
ތާރީޙް: 10 އޭޕްރީލް 2019 ނަންބަރ: GS145/HR/IUL/2019/016
ރިލީފް ޓީޗަރުން ބޭނުންވެއްޖެ (ހެލްތް އެންޑް ޕީ.އީ މުދައްރިސް)
| 
 މަޤާމް  | 
 ބޭނުންވާ އަދަދު  | 
| 
 ހެލްތް އެންޑް ޕީ.އީ މުދައްރިސް  | 
 01  | 
| 
 
  | 
 
  | 
| 
 މަސައްކަތް ހަމަޖެހިފައިވާ ތަން:  | 
 ގުރައިދޫ ސްކޫލް / ކ.ގުރައިދޫ  | 
ޝަރުތު :
| 
 ޝަރުތު  | 
 މުސާރަ (މަހަކު )  | 
 ސާރވިސް އެލަވަންސް ( މަހަކު )  | 
| 
 ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވުން  | 
 -/4500  | 
 -/1500  | 
| 
 މަތީ ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން  | 
 -/5500  | 
 -/1500  | 
| 
 ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން  | 
 -/6090  | 
 -/2500  | 
މަޤާމްގެ މަސްއޫލިއްޔަތު
މިމަޤާމްގައި ކުރައްވަން ޖެހިވަޑައިގަންނަވާނީ ސްކޫލުން ކަނޑައަޅާ ގްރޭޑް ތަކަށް ކިޔަވައި ދިނުމުގެ މަސައްކަތެވެ.
އިތުރު އިނާޔަތްތައް:
ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުގެ ޗެޕްޓަރ 5ގައިވާ ގޮތުގެމަތީން
- އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ފައިސާ ދެވޭނެއެވެ.
 - ރަމަޟާންމަހުގެ ޚާއްޞަ އެލަވަންސް ހަމަޖެހިފައިވަ އުސޫލުން ދެވޭނެއެވެ.
 - ކޮންޓްރެކްޓްގެ މުއްދަތުގެ ގިނަވެގެން ދެވޭނީ 5 ދުވަހުގެ ޢާއިލީ ޒިންމާގެ ޗުއްޓީއެވެ.
 - ކޮންޓްރެކްޓްގެ މުއްދަތުގައި ގިނަވެގެން ދެވޭނީ 9 ދުވަހުގެ ސަލާމް ޗުއްޓީއެވެ.
 - ސިވިލްސާރވިސް މުވައްޒިފުންނެކޭ އެއް އުސޫލުން ގަޑީލާރި ކެނޑޭނެއެވެ.
 
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް.
- ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
 - މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން .
 - ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
 
ވަޒީފާއަށް އެދި ހުށައަޅާ ފޯމާއި އެކު ހުށައަޅަން ޖެހޭ ތަކެތި
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
 - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
 
ވީމާ، މިމަޤާމަށް އެދިލައްވާ ފަރާތްތަކުން 18 އޭޕްރިލް 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 ކުރިން ސްކޫލަށް ތަކެތި ހުށައެޅުން އެދެމެވެ.
މިމަޤާމަށް މީހުން އައްޔަނު ކުރުމަށް ބޭއްވޭ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 1 ދުވަސް ތެރޭގައި ގުރައިދޫ ސްކޫލް ގައެވެ. އިންޓަވިއުއަށް އަންނަންޖެހޭ ދުވަހާއި ގަޑި މިވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުންނަށް އަންގާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމަތެއް ސާފުކުރަން ބޭނުންފުޅުނަމަ މިސްކޫލްގެ ނަންބަރ 6640574 އާ ގުޅުއްވުން އެދެމެވެ. އަދި
އީމެއިލް: [email protected]
މިހެންވެ މިކަން އަންގައި އިޢުލާން ކުރީމެވެ.
04 ޝައުބާން 1440
09 އޭޕްރީލް 2019