ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)BAH-AHR/BAH/2019/5
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 20:20
ސުންގަޑި:
18 އޭޕްރިލް 2019 13:00
ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކެފޭ އަދި ގިފްޓްސޮޕެއް ކުއްޔަށް ދޫކުރުން
މިހޮސްޕިޓަލުގެ ގޯތިތެރޭގައި ކެފޭއާއެކު ގިފްޓް ޝޮޕެއް ހިންގުމަށް ކުއްޔަށް ދިނުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 އެޕްރީލު 2019 ވާ ބުރާސްފަތި ދުވަހު 13:00 އަށް ބ. އަތޮޅު ހޮސްޕިޓަލަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 އެޕްރީލު 2018 ވާ ބުރާސްފަތި ދުވަހު 13:00 އަށް ބ. އަތޮޅު ހޮސްޕިޓަލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.
09 އޭޕްރިލް 2019