މަސައްކަތް
ނަންބަރު: (IUL)438-ENV/438/2019/68
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 16 އޭޕްރިލް 2019 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އެކަމަޑޭޝަންއާއެކު ޖަލްސާއެއް ބާއްވާނެ ތަނެއް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އެކަމަޑޭޝަންއާއެކު ޖަލްސާއެއް ބާއްވާނެ ތަނެއް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީގެ ފަރާތުން 17 އިން 19 ޖޫން 2019 އަށް އިންތިޒާމްކުރާ ޖަލްސާއެއް ބޭއްވުމަށް، ކޭޓަރިންގ އާއެކު ޖަލްސާ ބާއްވާނެ ތަނެއް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތަށް ބޭނުންވާ ޝަރުތުތައް މި އިޢުލާނާއެކު ހިމެނިފައިވާ ޓާރމްސް އޮފް ރެފަރެންސްގައި ބަޔާންކޮށްފައިވާނެއެވެ. އަދި މި ޓާރމްސް އޮފް ރެފަރެންސް، މިނިސްޓްރީގެ ވެބްސައިޓްwww.environment.gov.mv އިން ޑައުންލޯޑް ކުރެއްވެން ހުންނާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2019 އޭޕްރިލް 16 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

09 އޭޕްރިލް 2019