ދިވެހިރާއްޖެ
މި އިޢުލާންވަނީ 23 އޭޕްރިލް 2019 19:08 ގައި ބާތިލް ކުރެވިފައެވެ.
މިކޯޓުގެ މިދަންނަވާ މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
1- ކޯޓު ޢިމާރާތުގެ އެތެރޭ ފާރުތަކާއި ސީލިންގުގައި ކުލަލުން
2- ކޯޓު ޢިމާރާތުގެ ލަކުޑި ދޮރާއި ދޮރުފަތްތަކުގައި ދަވާދުލުން
ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 އޭޕްރީލް 14 ވަނަ ދުވަހުން ފެށިގެން 2019 އޭޕްރީލް 17 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އާއި މެންދުރުފަހު 01:00 އާ ދޭތެރޭ މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 އޭޕްރީލް 23 ވާ އަންގާރަ ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.
އަދި ދަންނަވަމެވެ. މިމަސައްކަތާ ގުޅިގެން މިކޯޓުން 03 އޭޕްރީލް 2019 ގައި ކޮށްފައިވާ މިކޯޓްގެ ނަންބަރު: L6MC-D/2019/01 އިޢުލާނު އިދާރީ ސަބަބަކާހުރެ ބާޠިލްކުރެވިފައިވާ ވާހަކަވެސް ދަންނަވަމެވެ.
09 އޭޕްރީލް 2019