ވަޒީފާގެ ފުރުޞަތު
ނަންބަރު: 153-FEST/IUL/2019/10
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 16 އޭޕްރިލް 2019 12:00
ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
Research Assistant

މަޤާމު:

ރިސަރޗް އެސިސްޓެންޓް - އެންޓިމައިކްރޯބިއަލް ރެސިސްޓަންސް ޕްރޮޖެކްޓް

ބޭނުންވާ އަދަދު:

1

ބާވަތް އަދި މުއްދަތު:

6 މަސްދުވަހުގެ (ޕާޓްޓައިމް ކޮންޓްރެކްޓް މަޤާމެއްގޮތުގައި)

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް އެންޖިނިއަރިންގް، ސައިންސް އެންޑް ޓެކްނޮލޮޖީ

މަސައްކަތް ކުރަންޖެހޭ ވަޤުތު:

މަހަކު 60 ގަޑިއިރު

 

ވަޒީފާއަށް ބޭނުންވާ ތަޢުލީމާއި ތަޖުރިބާ:

  • ގައުމީ ސަނަދުތަކުގެ އޮނިގަޑު ލެވެލް 6 އެއްގެ ފާހެއް (ޑިޕްލޮމާއެއް) ހާސިލްކޮށްފައިވުން ނުވަތަ ބެޗްލަރސް ޑިގްރީގެ ފުރަތަމަ އަހަރު ނިންމާފައިވާ ފަރާތަކަށްވުން
  • މައިކުރޯސޮފްޓް އެކްސެލް  އަދި ވޯޑް ބޭނުން ކުރަން އިގުން
  • ތަފާތު ދާއިރާތަކުގެ މީހުންނާ އެކު ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލްކަންހުރުން
  • އެންޓި މައިކުރޯބިލް ރެސިސްޓަންސް އާއި ބެހޭ އިލްމީ މައުލޫމާތު ހުރިފާރާތަކަށް އަދި އެސް.ޕީ.އެސް.އެސް ބޭނުންކުރަންއިގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  
  •  

މަސްއޫލިއްޔަތު:

 

  • ޕްރޮޖެކްޓާއިގުޅޭ ޑޭޑާ ހޯދަންޖެހޭފަރާތަކާއި ގުޅައިގެން ހޯދުން
  • ޑޭޓާ ތަށް ކަޑައެޅިފައިވާ ފޯމެޓަށް އެޅުން އަދި ޑޭޑާ ކްލީންކޮށް އެނަލައިޒްކުރުމުގައި ސުޕަރވަޒުރެގެ ލަފާގެމަތިން އެހީތެރިވުން.
  • ލެބޯޓްރީ ޓެސްތުތަކަށް ބޭނުންވާ ކޮންސިއުމަބަލްސް އޯޑަރުކުރުމުގައި އެހީތެރިވުން
  • މިޕްރޮޖެކްޓުގެ ލިޔެކިޔުންތަކާއި ޑޭޓާ ތައް ބެލެހެއްޓުމާއި އިދާރީ ބައެއް މަސައްކަތް ކުރުން
  • ޕްރޮޖެކްޓްއާއި ގުޅިގެން ކުރެވުނު މަސައްކަތުގެ އަޕްޑޭޓް ސުޕަޒަރަށް ކޮންމެ ހަފުތާއެއް ނިމޭ އިރު ރިޕޯޓް ކުރުން.

 

އުޖޫރައާއި ޢިނާޔަތްތައް:

މަހަކު 5000 (ފަސްހާސް) ރުފިޔާ

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 

  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ސިޓީ ފޮނުވާނީ:

16 އޭޕްރިލް 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ފެކަލްޓީ އޮފް އެންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީ، ސޯސަންގެ، ސޯސަންމަގު، މާލެ ނުވަތަ އީމެއިލް މެދުވެރިކޮށް [email protected]  އަށެވެ.

އިތުރު މަޢުލޫމާތު:

  • މަޢްލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345460، ނަންބަރު ފޯނާއެވެ.
  • އިޢުލާންގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ސިޓީއާއިއެކު ހުށައަޅަންވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ. 
09 އޭޕްރިލް 2019