ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)GS-23/PRIV/2019/14
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 12:51
ސުންގަޑި: 11 އޭޕްރިލް 2019 12:45
މ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2019 ވަނަ އަހަރަށް ސްކޫލް ފެރީއެއް ހޯދުމާއިގުޅޭ

މ. އަތޮޅު ތަޢުލީމީ މަރުކަޒު

މ. މުލި / ދިވެހިރާއްޖެ

                                                                     ނަންބަރ: (IUL)GS-23/PRIV/2019/14  

އިޢުލާން

 

2019 ވަނަ އަހަރަށް ސްކޫލް ފެރީއެއް ހޯދުމާއިގުޅޭ

     2019 ވަނަ އަހަރު މ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމް ޙާޟިލްކުރަމުންދާ މ.ނާލާފުށީ ދަރިވަރުން މ.މުއްޔަށް ކިޔަވަން ގެނައުމާއި ގެންދިއުމަށް ފެރީއެއް ހޯދަންބޭނުންވެގެންކުރި މިމަރުކަޒުގެ ނަންބަރ (IUL)GS-23/PRIV/2019/13  (27 މާރިޗު 2019) އިޢުލާނާ ގުޅިގެން ދަންންވަމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސް ސަރުކާރު ރަސްމީ ބަންދު ދުވަހަކަށް ހަމަޖެހުމާއި ގުޅިގެން އެ ބައްދަލުވުން ބޭއްވިފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.

މި މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކަށް ދޭ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

ސުކޫލް ފެރީ ގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކަށްދޭ މަޢޫމާތު

  • ހުށައަޅާ އަންދާސީ ހިސާބްތައް އެވެލުއޭޓްކޮށް ޕޮއިންޓްދީ ފެރީގެ ސަރުތު ފުރިހަމަވޭތޯ ބަލާނީ މ.އަތޮޅު ތަޢުލީމީ މަރުކަޒުން ނެގޭ ކޮމެޓީއަކުންނެވެ.
  • އަންދާސީ ހިސާބު ހުށައަޅުއްވާއިރު މަސައްކަތުގެ މުއްދަތުކަމުގައި ބަލާނީ (އެގްރިމެންޓް ކުރެވޭ މުއްދަތު) 13 އޭޕްރީލް 2019 އިން ފެށިގެން އެއަހަރުގެ ދިރާސީ އަހަރުގެ ނިޔަލަށެވެެ. (މި މުއްދަތަށް ބަދަލު އައުމަކީ އެކަށީގެންވާކަމެކެވެ)
  • ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ދެއްވާފައިވާ ސަލާމަތީ ސެޓްފިކެޓް އޮތް އުޅަނދަކަށް ވުން.
  • ކިޔަވާކުދިން އުފުލަން އެކަށީގެންވާ ގޮތަށް ތައްޔާރުކުރެވިފައިވާ އުޅަނދެއްކަމުގައިވުން.
  • ފާހާނާ ގެ ނިޒާމް ގާއިމް ކުރެވިފައިވާ އުޅަނދެއްކަމުގައި ވާންޖެހޭނެއެވެ.
  • ދަތުރުކުރާ ވަގުތުތަކުގައި މުވާސަލާތީ ނިޒާމް ހަމަޖެހިފައިވާންޖެހޭނެއެވެ.
  • ދަތުރު ކުރާ އުޅަދުގެ ކެޕްޓަން ވާންޖެހޭނީ ކަމާބެހޭ ފަރާތްކުން ގަބޫލު ކުރާ ކަނޑު އުޅަނދުފަހަރު ދުއަވުމުގެ ހުއްދަ (ލައިސެންސް) އޮތް ފަރާތަކަށެވެ.
  • ދަތުރު ކުރާ ވަގުތުތަކުގައި ކެޕްޓަންގެ އިތުރުން މަދުވެގެން 2 (ދޭއް) ފަޅުވެރިއަކު ދޯނީގައި ހުންނަންޖެހޭނެއެވެ.
  • 2019 ވަނައަހަރު ފެށޭ އިރު ފެރީގައި ދަތުރު ކުރާ ގޮތަށް ހަމަޖެހިފައިވަނީ 35 ދަރިވަރުންނެވެ. ނަމަވެސް އަންދާސީ ހިސާބް ހުށައަޅާއިރު އަރުގެ ކޮންމެ ހިސާބެއްގައިވެސް ދަރިވަރުން އިތުރުވެ މަދުވެދާނެކަމަށް ބަލަންވާނެއެވެ.
  • ފެރީގައި ހުންނަ ޖެހޭނޭ ޖާގައިގެ ސަރުތު ކަމުގައި ބަލާނީ ހުރިހާ ދަރިވަރުން ނާއި އެ ދަރިވަރުންގެ ބެލެނިވެރިން އެއްފަހަރާ އުފުލުމުގެ ޖާގާގެ ހުއްދަ އެއް އޮތް އުޅަނދެއް ކަމުގައިވާނަމައެއެވެ.
  • ކޮމެޓީގެ ފަރާތުން ފެރީ ގެ ސަރުތު ފުރިހަމަވޭތޯ ޗެކްކޮށް ބަލަން ބޭނުންވެއްޖެ ހާލަތެއްގައި ގިނަވެގެން 2 ދުވަހުގެ ތެރޭގައ އަންދާސީ ހިސާބް ހުށައަޅާ ފަރާތްތަކުން، ފެރީ ބަލާ ޗެކްކުރުމުގެ އިންތިޒާމް ގައިމްކޮށްދެންވާނެއެވެ.
  • އަންދާސީ ހިސާބް ހުށަ އެޅުމުގެ ސުންގަނޑި: 11 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 12:45
  • ޕޮއިންޓް ދޭނޭ މިންގަނޑު:
  • އަގު: %60
  • ފެރީގެ ފެންވަރު: %20
  • ހިދުމަތްދިނުމަށް ރާވާފައިވާ ގޮތް (ޕްރޮޖެކްޓް ޕްރޮޕޯސަލް):
  • ތަޖުރިބާ:
  • ހިދުމަތް ދިނުމަށް ޕްރޮޕޯސަލް ގައިބަޔާންކޮށްފައިވާ އުސޫލަށް ބަލާ ޕޮއިންޓް ދެވޭނެތީ، ކޮންމެ 3 މަހަކުން 1 ފަހަރު ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާ ގޮތަށް ހިދުމަތް ދޭތޯ ނުވަތަ ފުރިހަމަ ކުރޭތޯ ބެލޭނެއެވެ.

ނޯޓް: ފެރީ އެއް ނެގުމުގައި ސަރުތު ހަމަވާ މިންވަރަކުން އިސްކަންދެވޭނެއެވެ.

          މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއްވެސް ހުށަހަޅުއްވަންވާނެއެވެ.

    މި ބީލަމުގައި ބައިވެރިވުމަށް ނަންނޯޓް ނުކުރާ ފަރާތްތަކަށާއި ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

    އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 12:45 ގައި މި މަރުކަޒުގެ އޮފީގައެވެ.

      އަދި އަންދާސީ ހިސާބު ހުށައަޅުއްވާއިރު ތިރީގައިމިވާ ޝަރުތުތަށް ފުރިހަމަވާ އުޅަނދެއް ހުށައެޅުމަށް ސަމާލުކަންދެއްވަންވާނެއެވެ.

  1. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ދެއްވާފައިވާ ސަލާމަތީ ސެޓްފިކެޓް އޮތް އުޅަނދަކަށް ވުން.
  2. ކިޔަވާކުދިން އުފުލަން އެކަށީގެންވާ ގޮތަށް ތައްޔާރުކުރެވިފައިވާ އުޅަނދެއްކަމުގައިވުން.
  3. ފާހާނާ ގެ ނިޒާމް ގާއިމް ކުރެވިފައިވާ އުޅަނދެއްކަމުގައިވުން.
  4. ދަތުރުކުރާ ވަގުތުތަކުގައި މުވާސަލާތީ ނިޒާމް ހަމަޖެހިފައިވުން.

           ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

      03 ޝައުބާން 1440 

       09 އޭޕްރީލް  2019

                                                                            އާމިނަތު ޢަލީ  

                                                                            ޕްރިންސިޕަލް

             

ފޯނު ނަންބަރ: 7952901  ފެކްސް ނަންބަރ: 6720002 / މ. އަތޮޅު ތަޢުލީމީ މަރުކަޒު

Email: [email protected]

09 އޭޕްރިލް 2019