މަސައްކަތް
ނަންބަރު: (IUL)226-F/PRIV/2019/9
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި: 29 އޭޕްރިލް 2019 10:30
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ލައިސަންސް ނެގުމަށް ޕްރެކްޓިކަލް ސައިޓެއް ގާއިމްކުރުން

އެއްގަމު އުޅަނދު ލައިސަންސް ނެގުމަށް ބޭނުންކުރާ ޕްރެކްޓިކަލް ސައިޓްގެ މަސައްކަތައް ގެނެވުނު ބަދަލުތަކާއި ގުޅިގެން މިކައުންސިލުުން 14 ފެބްރުއަރީ 2019 ގައި ކުރި ނަންބަރު 226-F/PRIV/2019/02 އިޢުލާން ބާތިލްކޮށް، މި ކައުންސިލުންދޭ ކުރެހުމަކާއި، ބީ.އޯ.ކިއު އަދި ކޮންޓްރެކްޓް އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެއްގަމު އުޅަނދު ލައިސަންސް ނެގުމަށް ޕްރެކްޓިކަލް ސައިޓެއް ގާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ. މި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިމަސައްކަތްތަކާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް 23 އޭޕްރީލް 2019 ވާ އަންގާރަ ދުވަހު 10:30 އަށް ހދ. އަތޮޅުކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. 

އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނީ 29 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 10:30 އަށް ހދ. އަތޮޅު ކައުންސިލް އިދާރާއަށެވެ. ގަޑިޖެހިގެން ހުށަހަޅުއްވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

ވީމާ، މިމަސައްކަތްތައް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތުު ހުޅުވާލައި، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.

09 އޭޕްރިލް 2019