ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-CA/417/2019/36
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 28 އޭޕްރިލް 2019 13:30
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކުރުން

1440 ވަނަ އަހަރުގެ ފިޠުރު ޒަކާތާއި މުދަލު ޒަކާތް ބެހުމަށްޓަކައި ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމަށް ބޭނުންވާތީ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް، އެފުރުޞަތު މިއަދުން ފެށިގެން 2019 އެޕްރީލް 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވިފައިވާ ވާހަކަ ދެންނެވީމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:30 އަށް މިއިދާރާގެ ކައުންޓަރުންނެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމްގައި ބޭންކްގެ ފަރާތުން ފުރިހަމަކުރަންޖެހޭ ބައެއް އޮތުމާއި، ފޯމް ހުށަހަޅާ ފަރާތުގެ (6 މަސްދުވަހުގެ) ބޭންކް ސްޓޭޓްމަންޓް ހުށަހަޅަން ޖެހުމަކީ ވަގުތު ބޭނުންވާނެ ކަންކަމެވެ. ވީމާ، ކުރިއަށް ދުރާލާ ވަގުތު އޮއްވައި ފޯމްގެ ހުރިހާ ބައެއް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

3 ޝަޢުބާން 1440                                    

08 އޭޕްރިލް 2019