ނީލަން
ނަންބަރު: (IUL)282/282/2019/10
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 10:39
ސުންގަޑި:
18 އޭޕްރިލް 2019 00:00
މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނީލަން ކިޔުން
ށ. މާއުނގޫދޫ ބަދަނރު ސަރަޙައްދުގައި ހުރި ރައްޔިތުންގެ ތެޔޮޓޭންކް ސިޓީލައި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.
ނީލަން ކިޔޭ ތަކެތީގެ ތަފްސީލާއި، ފެށޭ އަގުތައް ތިރީގައި އެވަނީއެވެ.
ތަފްސީލް |
ނީލަން ފެށޭ އަގު |
ފަހަރަކު އިތުރުކުރެވޭ އަގު |
ތެޔޮޓޭންކް |
75000.00 (ހަތްދިހަ ފަސްހާސް ރުފިޔާ) |
1000.00 (އެއްހާސް ރުފިޔާ) |
ވީމާ، މި ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 09 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުން ފެށިގެން މިކައުންސިލަށް ގުޅުއްވާ
މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، ހުށަހަޅާ އެންމެ މަތީ އަގު ލިޔުއްވާ އައި.ޑީ.ކާޑްގެ ކޮޕީއަކާއެކު ސިޓީ އުރައެއްގައި ބަންދު ކުރެއްވުމަށްފަހު
09 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުން ފެށިގެން މިކައުންސިލަށް ހުށަހަޅުއްވަމުން ގެންދިއުން އެދެމެވެ. ހުށަހެޅޭ އަގުތަކުގެ ތެރެއިން
އެންމެމަތީ އަގު ރަސްމީ ދުވަސްދުވަހުގެ ރަސްމީ ގަޑީގައި މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. ނީލަން ނިންމުމަށް ހަމަޖެހިފައިވަނީ
ބަންދު ދުވަސް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށެވެ. އަދި މިނީލަން ކުރިއަށްދާނީ 18
އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ނީލަން ނިމޭއިރު ހުށައަޅުއްވާފައިވާ އެންމެ މަތީ އަގުތަކަށް ނީލަން ނިންމާލެވޭނެއެވެ.
އަދި ނީލަން ނިމުމުން ފައިސާ ދެއްކުމަށްފަހު ނީލަން ކާމިޔާބުވި ފަރާތުން 15 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ. ކަނޑައެޅިފައިވާ
މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެއެވެ. އަދި މިކަމާ ބެހޭ ގޮތުން
އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރު 6540056 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ
09 އޭޕްރިލް 2019