ދިވެހިރާއްޖެ
އިޢުލާން
މަޤާމް : |
އެކައުންޓްސް އޮފިސަރ |
||||||||||||||||||||||||||||||||||||||
މަޤާމުގެ ނަންބަރު: |
J-301954 |
||||||||||||||||||||||||||||||||||||||
ބޭނުންވާ ޢަދަދު : |
01 |
||||||||||||||||||||||||||||||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||||||||||||||||||||||||||||||
މަޤާމުގެ ރޭންކް : |
އެމް.އެސް. 2 |
||||||||||||||||||||||||||||||||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
||||||||||||||||||||||||||||||||||||||
ވަޒީފާ އަދާ ކުރަންޖެހޭ ތަން : |
ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ /ދ. ކުޑަހުވަދޫ |
||||||||||||||||||||||||||||||||||||||
މުސާރަ: |
މަހަކު 6295.00 ރުފިޔާ |
||||||||||||||||||||||||||||||||||||||
ސާރވިސް އެލަވަންސް: |
މަހަކު 2000.00 ރުފިޔާ |
||||||||||||||||||||||||||||||||||||||
އެހެނިހެން އެލަވަންސް: |
1- ސަޕޯޓިންގ ކޯ އެލަވަންސް މަހަކު 900.00 ރުފިޔާ ނުވަތަ ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވާ މުވައްޒަފުންނަށް، މުވައްޒަފު އަދާކުރާ މަގާމުގެ އަސާސީ މުސާރައިގެ %28 ގެ އެލަވަންސެއް "ޓެކްނިކަލް ކޯ އެލަވަންސް" ގެ ނަމުގައި ހަމަޖެއްސޭނެ. 2- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 3-ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. |
||||||||||||||||||||||||||||||||||||||
މަޤާމުގެ މަސްއޫލިއްޔަތުތަކާ ވާޖިބްތަކުގެ ޙުލާޞާ: |
1- ރަށުގެ ތަރައްޤީގެ ޕްލޭނަށާއި އިދާރީ ދާއިރާގެ ތަރައްޤީގެ ޕްލޭނަށް ބިނާކޮށް މަދުވެގެން 05 ( ފަހެއް ) އަހަރު ގެ ، ރަށާއި އިދާރީ ދާއިރާގެ ފައިނޭންޝަލް ޕްލޭން އެކުލަވާލުމުގައި ފުރިހަމައަށް އެހީތެރިވެދިނުން 2- ފައިސާއާއިބެހޭ ބަޔަށް ރޫޓް ކުރެވޭ ހުރިހާ ލިޔެކިޔުންތަކަށް ވެރިއެއްގެ މަޝްވަރާއާއެކު، ޖަވާބުދަރީވުން. 3- އަމިއްލަ ފަރާތްތަކުން އެފަރާތްތަކުގެ އަމިއްލަ ޚަރަދުގައި ހަދައި ވިޔަފާރި އުސޫލުން ހިންގުމަށްފަހު، ކަނޑައެޅޭ މުއްދަތެއްގައި އަނބުރާ ކައުންސިލާއި ހަވާލުކުރަން ދޫކޮށްފައިވާ ތަންތަނާއިބެހޭ ތާފްޞީލް ރެކޯޑްކޮށް ބެލެހެއްޓުން. 4- ޤާނޫނީ ގޮތުން ކައުންސިލުން ކޮންމެހެން ކުރަންޖެހޭ ޚަރަދުތަކާއި ކައުންސިލުން ކޮށްފައިވާ އެގްރިމަންޓްތަކުގެ ދަށުން ކައުންސިލުން ކުރިއަށް އޮތް އަހަރުގެތެރޭގައި ކުރަންޖެހޭ ޚަރަދުތަކުގެ ތަފްޞީލް ހަދައި ބެލެހެއްޓުން 5- ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ މާއްދާ 6.02 ގައި ވާގޮތުގެ މަތިން ކައުންސިލް އިދާރާގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް ވަންނަ އަދި ޚަރަދުވާ ފައިސާގެ ރެކޯޑްތައް ސިސްޓަމުން ބަލަހައްޓައި އެކައުންޓްތަކުގެ މަސްދުވަހުގެ ރިޕޯޓާއި އަހަރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން. 6- ކައުންސިލުން ދޭ ޚިދުމަތްތަކަށާއި ތަންތަނާއި ތަކެތި ކުއްޔަށްދީގެން ލިބެންޖެހޭ ފައިސާ ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ދައްކަމުން ގެންދޭތޯބެލުމާއި ފައިސާ ނުދައްކާ ފަރާތްތަކުން ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ފައިސާ ނުދައްކާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް އަޅަމުން ގެންދިއުން. 7- އިންތިޚާބުތަކާއި ގުޅިގެން އިދާރާއިން ކުރަންޖެހޭ ކަންކަން ކުރުމާއި އެހީތެރިވެދިނުން. 8- އެހެންމުވައްޒަފަކު ސަލާމާއި ޗުއްޓީގައި ހުންނަވާ ދުވަސްވަރު އޭނާގެ މަސައްކަތްތައް ސުޕަވައިޒަރު ހަވާލުކުރާ ގޮތެއްގެ މަތިންކުރުން 9- އިދާރާއިން ކަނޑައަޅާގޮތަކަށް އިދާރާ ހުޅުވައި ލެއްޕުމާއި އިތުރުގަޑީގައި މަސައްކަތްކުރަންޖެހިއްޖެ ހިންދެއްގައި އެކަމެއްކުރުން 10- ކައުންސިލް އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. 11- ވަޒީފާ ބަޔާނުގައިވާ ޚާއްޞަ ވާޖިބުތަކުގެއިތުރުން، މުޅިތަނާއި، ޤައުމަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި، އެންމެން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުން 12- ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދު ތަކުގެ ދަށުން އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ވަޒީފާއާއި ގުޅުންހުރި މަސައްކަތްތައް ކުރުން 13- ކައުންސިލް އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން |
||||||||||||||||||||||||||||||||||||||
މަޤާމުގެ ޝަރުތުތައް: |
1- ފައިނޭންސް ނުވަތަ އެކައުންޓިންގ ފަދަ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
||||||||||||||||||||||||||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
||||||||||||||||||||||||||||||||||||||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއްހޮވުމަށްބެލޭނެ ކަންތައްތައް : |
ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕްއިންޓްގެ ޖުމަލް %45 (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ. |
||||||||||||||||||||||||||||||||||||||
މަޤާމަށްއެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޭޕްރީލް 18 ވަނަ ދުވަހުގެ 14.00 ގެ ކުރިން، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||||||||||||||||||||||||||||||
އިންޓަރވިއު އޮންނާނެ ތަނާއި ،މުއްދަތު :
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޭޕްރީލް 28 އާއި 2019 މެއި 02 އާ ދެމެދު، ދ.ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގައެވެ. |
||||||||||||||||||||||||||||||||||||||
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||||||||||||||||||||||||||||||||||||||
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6760522 ނުވަތަ 6760667 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
ނޯޓު: މި އިދާރާގެ ނަންބަރު:A-381/I-2019/12 (27 ފެބްރުއަރީ 2019) ގެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރީމެވެ.
04 ޝައުބާން 1440ހ.