މަސައްކަތް
ނަންބަރު: (IUL)347/347/2019/28
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 09:16
ސުންގަޑި: 18 އޭޕްރިލް 2019 00:00
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. ހަންޏާމީދޫގެ ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން.

އދ. ހަންޏާމީދޫ ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި، މި އިދާރައިގެ ނަންބަރު: (IUL)347/347/2019/5 އިޢުލާނާއި ގުޅިގެން އަގު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވެފައި އަދި އެފަރާތުން ހުށަހަޅާފައިވާ އަގު ބޮޑުކަމަށްފެންނާތީ އެ އިޢުލާނު ބާތިލްކޮށް، އދ. ހަންޏާމީދޫ ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، އދ. ހަންޏާމީދޫގެ ލޭންޑްޔޫސް ޕްލޭން ހަދައިދޭން ޝަޢުޤުވެރިވާ ފަރާތްތަކުން، 2019 އޭޕްރީލް 18 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މި އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2019 އޭޕްރީލް 18 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ހަންޏާމީދޫ ކައުންސިލްގެ އިދާރައިގާ، އެކަމަށް ބޭއްވޭ ބައްދަލުވުމުގައި ބައިވެރިވެލައްވާ ފަރާތްތަކުގެ ޙާޟިރުގައެވެ.

  • ·                    ލޭންޑްޔޫސް ޕްލޭން ހެދުމާއިބެހޭ މަޢުލޫމާތު ތިރީގައި އެވަނީ އެވެ.  

1-      އދ. ހަންޏާމީދޫއަކީ ރަށުގެ އާބާދީއާ އަޅާ ބަލާއިރު ކުރިޔަށް އޮތް 10 ވަރަށް އަހަރުގެ ތެރޭގައި ބިމުގެ ދަތިކަން ކުރިމަތިވާނެ ރަށެކެވެ. އެހެން ކަމުން ރަށުގެ ރައްޔިތުންނަށް ބޯހިޔާވެހިކަމަށް ބިންކަނޑައެޅުމާއި، އެހެނިހެން ބޭނުންތަކަށް ބިންކަނޑައެޅުމަށްޓަކައި ރައްޔިތުން ޤަބޫލުކުރާ ޕްލޭނެއް އޮތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

2-      މި މަޝްރޫޢުގެ ދަށުން ހަދާ ލޭންޑްޔޫސް ޕްލޭންގައި ރަށުގައި މިހާރު ހުސްކޮށްހުރި ބިންތައް ބޭނުންކުރަން ހުށަހަޅާ ގޮތަކާއި، ފަޅުން ބިން ހިއްކޭނެނަމަ ފަޅު ހިއްކުމުގެ ޕްލޭން އޮންނަންވާނެއެވެ. އަދި ބިންހެއްކޭނެނަމަ، ހިއްކާބިން ބޭނުންކުރާނެގޮތުގެ ޕްލޭން އޮންނަންވާނެއެވެ.

3-      ރަށުގައި މުސްތަޤްބަލުގައި ޤާއިމުކުރަންޖެހޭ ޚިދުމަތްތަކަށާއި، ޕާކުތަކާއި، ހައުސިންގ ބޭނުންތަކަށް ކަނޑައެޅޭ ބިންތައް ފަހަގަވެ އެގެން އޮންނަންވާނެއެވެ.

4-      ރަށުގެ ލޭންޑްޔޫސް ޕްލޭން އެކުލަވާލަންވާނީ މަސައްކަތާއި ޙަވާލުވާ ފަރާތުން، ރަށުކައުންސިލާއި ރަށުގައިހުރި އެހެނިހެން އިދާރާތަކާއި، ރަށުގެ ރައްޔިތުންގެ ތެރެއިން އެކި ފަންނުގެ މަސައްކަތްތެރިންގެ ޚިޔާލާއި މަޝްވަރާގެ މަތިންނެވެ.

5-      ރަށުގެ ޗާޓް ކުރަހަންވާނީ އޮޓޯކޭޑްގައި ސްކޭލަށް، ޖީ.ޕީ.އެސް ޕޮޒިޝަނަށެވެ.

6-      މަސައްކަތުގައި ހިމެނޭ ލޭންޑްޔޫސް ޕްލޭން ނިންމަންވާނީ ކަމާބެހޭ ޤާނޫނުތަކާއި، ޤާވާޢިދުތަކަށް ރިޢާޔަތްކޮށް، އދ. ހަންޏާމީދޫ ކައުންސިލާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ ޤަބޫލުކުރާ ފެންވަރަށެވެ.

7-      މަސައްކަތާއި ޙަވާލުވާ ފަރާތަށް އދ. ހަންޏާމީދޫ ކައުންސިލުން ފޯރުކޮށްދޭނެ ޚިދުތަތްތައް ތިރީގައި އެވަނީއެވެ. ލޭންޑްޔޫސް ޕްލޭން ހެދުމުގެ މަސައްކަތުގައި ތިރީގައިވާ ޙަރަދުތައް ފިޔަވައި ހުރިހާ ޒިންމާއެއް އުފުލަންވާނީ މަސައްކަތާއި ޙަވާލުވާ ފަރާތުންނެވެ.

  • ޕްލޭން ހެދުމުގެ ބޭނުމަށް މާލެއިން ވަޑައިގަންވާ ބޭފުޅުންނަށް ހަންޏާމީދޫ – މާލެ ދެ ކޮޅުގެ ދަތުރު
  • ކައުންސިލްގެ ޚަރަދުގައި ހަންޏާމީދޫގައި އެކަމަޑޭޝަން ހަމަޖައްސައި ދިނުން.
  • ރަށުގެ އިދާރާތަކާއި މަޝްވަރާ ކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުން
  • ރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް އިންތިޒާމުކޮށް ދިނުން
  • ކައުންސިލުގެ ފަރާތުން ދައުލަތުގެ މުއައްސަސާތަކާއި ކުރަންޖެހޭ އެންމެހައި މުޢާމަލާތްކުރުން

ހުށަހަޅަންޖެހޭ ތަކެތި

1-      ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ހުށަހަޅާ ޕްރޮޕޯސަލް

ހ. މަސައްކަތް ކޮށްދިނުމަށް ހޭދަވާނެ މުއްދަތު.

ށ. ހަންޏާމީދުއަށް ދަތުރު ކުރަންޖެހޭނަމަ ދަތުރު ކުރުމަށް ޕްލޭން ކުރާގޮތް ( ދަތުރުގެ ޢަދަދު، ބައިވެރިންގެ ޢަދަދު، ކޮންމެ ދަތުރެއްގައި ހޭދަވާނެ މުއްދަތު، ދަތުރުގެ ބޭނުން، މި ނޫންވެސް ދަތުރާބެހޭ އެހެނިހެން މަޢުލޫމާތު)

ނ. ލޭންޑްޔޫސް ޕްލޭން ޕްލޭނިންގ މިނިސްޓްރީން ޤާބޫލުކޮށް ހުއްދަ ދިނުމާ ހަމައަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ ޖުމްލަ އަގު ޖީ.އެސް.ޓީ އާއެކު (ދިވެހި ރުފިޔާއިން)

2-      ޕްރޮޕޯސަލް ހުށަހަޅަނީ އަމިއްލަ ފަރާތަކުންނަމަ އެފަރާތެއްގެ ވަނަވަރު، އަދި ކުންފުންޏަކުން ނުވަތަ އިންވެސްޓްމަންޓަކުން ހުށަހަޅާނަމަ އެފަރާތެއްގެ ޕްރޮފައިލް

3-      މަސައްކަތާއި ގުޅޭ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ކުރިން ހިންގާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު

4-      މަސައްކަތުގައި ބައިވެރިވާ، ނުވަތަ ކުންފުނީގެ ފަންނީ މުވައްޒަފުންގެ ވަނަވަރު

5-      ސާވެޔަރުންގެ ގޮތުގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުން، ކޮންސަލްޓެންޓެއްގެ ގޮތުގައި އީ.ޕީ.އޭ އިން ދެއްވާފައިވާ  ހުއްދަ ނުވަތަ ރަޖިސްޓްރީގެ ކޮޕީ

6-      ޕްރޮޕޯސަލް ހުށަހަޅަނީ އަމިއްލަ ފަރާތަކުންނަމަ އެ ފަރާތެއްގެ އައި.ޑީ.ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ކުންފުންޏަކުން ނުވަތަ އިންވެސްޓްމަންޓަކުންނަމަ ހުށަހަޅާ ޕްރޮޕޯސަލާއެކު އެ ފަރާތެއްގެ ރަޖިސްޓްރީގެ ކޮޕީ ހިމަނަންވާނެއެވެ.

އިތުރު މަޢުލޫމާތު

1-      ޕްރޮޕޯސަލްތައް ހުށަހަޅަންވާނީ ބަންދުކޮށް، އދ. ހަންޏާމީދޫ ކައުންސިލަށް އެޑްރެސްކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ މަޢުލޫމާތާއި، ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑި އަދި "އދ. ހަންޏާމީދޫ ލޭންޑްޔޫސް ޕްލޭން ހެދުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

2-      އެކަށީގެންވާ ޕްރޮޕޯސަލެއް ލިބިފައިނުވާނަމަ ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ބާޠިލް ކުރުމުގެ އިޚްތިޔާރު އދ. ހަންޏާމީދޫ ކައުންސިލަށް ލިބިގެންވެއެވެ.

3-      ހުށަހަޅާ ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ބެލުމަށް ހަމަޖެހިފައިވަނީ؛

  • އަގަށް %75
  • ފަންނީ ޤާބިލްކަމަށް
  • މަސައްކަތުގެ ތަޖުރިބާއަށް
  • މުއްދަތަށް %5

4-      މާލެއާއި އދ. ހަންޏާމީދޫއާއި ދެމެދު ދަތުރު ހަމަޖެހިފައިވާގޮތް  (ސްޕީޑް ލާންޗް)

  • އާދީއްތަ  6:15 އަދި 10:45 ގައި ހަންޏާމީދޫން ފުރުން -  11:00 އަދި 16:00 މާލެ އިން ފުރުން.
  • ހޯމަ،އަންގާރަ،ބުދަ  7:15 ހަންޏާމީދޫން ފުރުން -  16:00 މާލެ އިން ފުރުން.
  • ބުރާސްފަތި، ހޮނިހިރު 7:15 އަދި 10:45 ހަންނާމީދޫން ފުރުން – 11:00 އަދި 16:00 މާލެ އިން ފުރުން.

ހުކުރުން 7:15 ހަންޏާމީދޫން ފުރުން – 9:00 މާލެ އިން ފުރުން.

09 އޭޕްރިލް 2019