ޢާންމު މަޢުލޫމާތު
ނަންބަރު: Gs-163/2019/06
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި: 18 އޭޕްރިލް 2019 00:00
ނާލާފުށީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ގޭޓްހެދުން

މިސްކޫލުން ދޭ ނަމޫނާއަކާއި އެއްގޮތަށް ސްކޫލުގެ ދެގޭޓް ހެދުމަށް 04 އޭޕްރިލް 2019 ގައި ކުރިއިއުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައި ނުވާތީވެ އެއިއުލާނު ބާތިލްކޮށް އަލުން އިއުލާނުކުރަމެވެ.

ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 18 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހު 13:00 އަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިމަސައްކަތަށް އަންދާސީހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިއިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލްގެ ނަމްބަރ 7952907 ފޯނާ ގުޅުއްވުން އެދެމެވެ.

             04 ޝައުބާން 1440

             09 އޭޕްރިލް 2019

09 އޭޕްރިލް 2019