ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)247-CA/247/2019/30
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 07:45
ސުންގަޑި: 22 އޭޕްރިލް 2019 14:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ (ދާއިމީ)

އިޢުލާން

މިއިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެ.

މަޤާމު

ޕްރޮޖެކްޓް އޮފިސަރ (ދާއިމީ)

މަޤާމްގެ ނަންބަރު

J-229512

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލް އިދާރާގައި

ސެކްޝަން

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސް

މުސާރަ

-/6,295 ރުފިޔާ (ހަހާސް ދުއިސައްތަ ނުވަދިހަ ފަހެއް ރުފިޔާ)

ސަރވިސް އެލަވަންސް

-/2,000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން އެލަވަންސްތައް

ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ)

(ޓެކްނިކަލް ކޯ އެލަވަންސް ލިބޭނީ މަޤާމުގެ ޝަރުޠުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ދާއިރާތަކުގެ ތެރެއިން ޕްރޮޖެކްޓު މެނޭޖުމަންޓު ދާއިރާއިން ސެޓްފިކެޓް ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްގެން ވަޒީފާ ހަމަޖެހޭ ފަރާތަކަށެވެ.)

ސަޕޯޓިންގ ކޯ އެލަވަންސް 2: 900.00 (ނުވަސަތޭކަ ރުފިޔާ)

(ސަޕޯޓިންގ ކޯ އެލަވަންސް 2 ލިބޭނީ ޓެކްނިކަލް ކޯ އެލަވަންސްއަށް ޝަރުޠުހަމަނުވެ ވަޒީފާ ހަމަޖެހޭ ފަރާތަކަށެވެ.)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ސެކްޝަނަށް ލިބޭ ސިޓީ މެސެޖްތަކާއި ގުޅޭ ގޮތުން ޞައްޙަ މަޢުލޫމާތު އެއްކޮށް ސެކްޝަނާއި ޙަވާލުވެގެން ހުންނަވާ އިސްވެރިޔާގެ މަޝްވަރާއެކު ސެކްޝަން އޯވަސިސް ކުރައްވާ ކައުންސިލަރގެ ލަފާގެ މަތީން ކައުންސިލުންދޭ ޖަވާބުތައް ތައްޔާރުކޮށް އެފަރާތްތަކަށް ފޮނުވުމާއި ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.
  2. ކައުންސިލުން ކަނޑައަޅާ އެކި އެކި ކަންކަމާ ގުޅިގެން ހިންގަންޖެހޭ ޕްރޮޖެކްޓް ތަކުގެ ތެރެއިން ޕްރޮޕޯޒަލްތައް ތައްޔާރު ކުރަންޖެހޭ ޕްރޮޖެކްޓް ތަކަށް ޕްރޮޕޯޒަލް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކަށް ފޮނުވައި އެކަން ކަމަށް ފަންޑު ހޯދުމަށް މަސައްކަތް ކުރުން.
  3. ރަށުގައި ހިންގާ ތަފާތު ޕްރޮޖެކްޓް ތަކުގެ މަސައްކަތްތައް ކުރާނެ ފަރާތްތައް ދަޢުލަތުގެ މާލިއްޔަތުގެ ޤަވާޢިދާ އެއްގޮތަށް އިޢުލާންކޮށް އަދި އެކަމަށް އަންދާސީ ހިސާބުތައް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު އަންދާސީ ހިސާބު ބަލާ ކޮމެޓީއަށް ހުށަހަޅައި، އިވެލުއޭޓް ކުރުވައި އެކޮމެޓީއިން ކަނޑައަޅާ ފަރާތްތަކާއެކު ކުރެވޭ އެއްބަސްވުންތައް ތައްޔާރުކޮށް އެއާއެއްގޮތަށް މަސައްކަތްތައް ކުރުވަމުން ގެންދިއުން.
  4. ރަށުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގަމުން ގެންދާ އެންމެހައި މަޢުލޫމާތު އެއްކޮށް، އެކަންކަން މޮނިޓަރކޮށް ބަލަހައްޓައި އެކަމާ ގުޅިގެން ކަމާބެހޭ ފަރާތް ތަކަށް އެއްބާރުލުންދީ އެކަންކަމާ ގުޅިގެން ކައުންސިލުން ކުރަންޖެހޭ އިދާރީ މަސއްކަތް ކުރުން.
  5. ކައުންސިލުން ހިންގާ އެކި އެކި ޕްރޮޖެކްޓްތަކާ ގުޅިގެން ކުރަހަންޖެހޭ ކުރެހުންތަކާ އެއްގޮތަށް އެކަމެއް ކުރުމަށްދާނެ ޚަރަދުތަކުގެ މައްޗަށް ބަލައި ތައްޔާރު ކުރަންޖެހޭ ބިލް އޮފް ކުއެންޓިޓީތައް ތައްޔާރު ކުރުން.
  6. ޕްރޮޖެކްޓްތަކާއި ގުޅިގެން ކުރައްވާ އެންމެހައި މަސައްކަތްތައް ސެކްޝަން ޙަވާލުވެ ހުންނަވާ ފަރާތުގެ މަޝްވަރާއާއެކު ސެކްޝަން އޯވަރސިސް ކުރައްވާ ކައުންސިލަރުގެ ލަފާގެ މަތިން ކުރަމުން ގެންދިއުން.
  7. ހަމަޖެހިފައިވާ އުސޫލެއްގެ މަތީން ބޯހިމެނުމުގެ މަސައްކަތުގައި އެހީތެރިވެ ދިނުން.
  8. ކައުންސިލް އިދާރާ ހުޅުވާ ލެއްޕުމުގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލެއްގެ މަތީން ކުރުން.
  9. ކައުންސިލް އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  10. 10.  ޚާއްޞަ ހާލަތްތަކާއި ގުޅިގެންނާއި އިޖުތިމާޢީ ގޮތުން ކައުންސިލުން ކުރަންޖެހޭ އެންމެހައި ކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުއް

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓު މެނޭޖުމަންޓު ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށައަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

ދާއިރާ

ބެލޭނެ ބައިތައް

ދެވޭނެ އެންމެ މަތީ މާކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމު

80

35

40

ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު ތަމްރީނު

30

5

އިމްތިޙާން

"ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތު ތަޖުރިބާ

ވަޒީފާއާ ގުޅޭ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލް

100

40

40

ޖުމްލަ

245

100

100

 

 

 

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރީއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން  ޖުމްލަ %45  (ސާޅިސްފަހެއް އިންސައްތަ)  އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އެޕްރީލް 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޭޕްރީލް 25 އާއި 2019 މެއި 05 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގައެވެ.

ޝޯޓް ލިސްޓްކުރުން

މިވަޒީފާއަށް އެދި ހުށައަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މައުލޫމާތު

މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މިއިދާރާގެ ނަންބަރު  6500012 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

 

                         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

08 އޭޕްރިލް 2019