ދިވެހިރާއްޖެ
މި ކުންފުނިން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް ތިރީގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
1- މާލޭ ކޮމާޝަލް ހާބަރ ފޭސް 1 ގެ ބިންގަނޑު އެއްވަރުކޮށްދިނުން
2- މާލޭ ކޮމާޝަލް ހާބަރގެ ވޯކްޝޮޕް އަދި ފާހާނާގެ މަސައްކަތް
3- ހުޅުމާލެ ޓާރމިނަލްގެ އެކްސްރޭ މެޝިން ބަހައްޓާ އިމާރާތުގެ މަސައްކަތް
އެހެން ކަމުން މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފު ކުރެއްވުން |
އަންދާސީ ހިސާބު ހުށަހެޅުއްވުން |
14 އޭޕްރީލް 2019 ވާ އާދިއްތަ ދުވަހުގެ 14:00 |
18 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 |
މިކަމަށް އެދި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.