މަޤާމު:
|
ކޮންސަލްޓަންޓް
|
ބޭނުންވާ އަދަދު:
|
01
|
އޮފީސް
|
ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ކ.މާލެ)
|
ދާއިރާ:
|
އާކިޓެކްޗަރ އެންޑް ޑިޒައިން
|
ބާވަތް:
|
ކޮންޓްރެކްޓް
|
ކޮންޓްރެކްޓްގެ މުއްދަތު:
|
1 އަހަރު
|
އުޖޫރަ:
|
މަހަކު 18,125/00 ރ
|
މަގާމްގެ ޝަރުތު:
|
- އެމް.އެން.ކިޔު.އެފް ލެވެލް 9 ގެ ސަނަދާއި ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ގުޅޭ ދާއިރާއިން ޙާސިލުކޮށްފައިވުން އަދި މި ދެ ސަނަދުގެ ޖުމްލަ ކިޔެވުން މަދުވެގެން 04 އަހަރުގެ ފުލްޓައިމް އިކްއިވަލަންޓް ކްރެޑިޓް (ރާއްޖޭގެ އެމް.އެން.ކިޔު.އެފފް މިންގަނޑުން 480 ކްރެޑިޓްސް) ހާސިލްކޮށްފައިވުން، އަދި
- 10 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- މިހާރު ފަރުމާކުރެވެމުންދާ ބެޗްލަރސް ޑިގްރީ އަދި މާސްޓަރސް ޑިގްރީގެ އާ މުޤައްރަރުތައް ކަނޑައެޅިފައިވާ މިންގަޑުތަކަށް ހުރިތޯބަލާ އިޞްލާޙުކުރަންޖެހޭ ކަންތައްތައް ދެނެގަނެ މިކަންތައްތައް އެންގުން
- އަލަށްއެކުލެވޭ ބެޗްލަރސް ޑިގްރީ އަދި މާސްޓަރސް ޑިގްރީ ފެށުމަށް ބޭނުންވާ ކަންކަމާއި ވަސީލަތްތައް ދެނެގަނެ މިކަންތައްތައް ކުރާނެގޮތުގެ ޕްލޭނެއް އުކުލަވާލައި އެހީތެރިކަން ފޯރުކޮށްދިނުން
- ކިޔަވައިދިނުމާއި ޑިޕާޓްމަންޓްގެ ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ކުރެވޭނެ ކަންތައްތައް ބަލައި ޕްލޭންނެއްހަދާ އެކަންތައްތައް ރަގަޅުކުރުމުގެ ގޮތުން ފެކަލްޓީއަށް އިރުޝާދުދިނުން.
- ކޮންމެ ސެމެސްޓަރއަކުވެސް ބެޗްލަރސް ޑިގްރީގެ ފެކަލްޓީއިން ކަނޑައަޅާ ޑިޒައިން މާއްދާއެއް ކިޔަވައިދިނުން. ދަރިވަރުންނަށް ބޭނުންވާ ކިޔަވައިދިނުމުގެ ތަކެތި މުޤައްރަރާ އެއްގޮތަށް ހުރިތޯ ބަލާ ގެންނަންޖެހޭ ބަދަލުތައް ގެނައުން. ކިޔަވައިދޭ މާއްދާތަކުގެ އެސެސްމަންޓް ރިވިއުކުރުމާއި ތައްޔާރުކުރުން އަދި އެސެސްކުރުން.
- ތަނާގުޅޭ ރިސާރޗް ޙަރަކާތްތައް ފާހަގަކޮށް، ރިސަރޗް ގްރާންޓް އަދި ކޮލެބޮރެޓިވް ރިސަރޗް ފުރުސަތުތައް ހޯދައި ރިސަރޗް މަސައްކަތް އަމަލީ ގޮތުންކުރުމާއި.
- އަމިއްލަގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާއި ބޭރުގެ ފަރާތްތަކާއި ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޝާއިރުކުރުމަށް މަސައްކަތްކުރުން. އަދި ކުދިންނާއިއެކު ކުރެވޭ ދިރާސީ މަސައްކަތްތައް ޔުނިވަރސިޓީގެ ނަމުގައި ޝާއިރުކުރުން
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2019 އެޕްރީލް 15 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ކޮންސަލްޓަންޓްގެ މަޤާމަށް އެދި ހުށަހަޅާ ސިޓީ
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ކުރިން މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ކޮންސަލްޓަންޓްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ މަޤާމަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345409 ނަމްބަރު ފޯނަށެވެ.
|