ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MHCL-HRM/1/2019/16
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 17 އޭޕްރިލް 2019 14:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ މާރކެޓިންގ އެންޑް ބިޒްނަސް ޑިވަލޮޕްމަންޓް

އިޢުލާނު

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

މެނޭޖަރ މާރކެޓިންގ އެންޑް ބިޒްނަސް ޑިވަލޮޕްމަންޓް

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރަ:

-/10،750 ރުފިޔާ

އެލެވަންސް

ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް -/135 ރުފިޔާ

ސަރވިސް އެލަވަންސް: ދުވާލަކަށް -/116 ރުފިޔާގެ ރޭޓުން

ފޯން އެލަވަންސް: -/300 ރުފިޔާ

ފަންނީ އެލަވަންސް: އަސާސީ މުސާރައިގެ %40

ފެންވަރުނުވަތަ ޝަރުތު:

  • ބިޒްނަސް މެނޭޖްމެންޓް، މާރކެޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު 2 އަހަރު ދުވަހުގެ މެނޭޖްމަންޓް ދާއިރާގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ބިޒްނަސް މެނޭޖްމެންޓް، މާރކެޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7/8 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު 5 އަހަރު ދުވަހުގެ މެނޭޖްމަންޓް ދާއިރާގެ ތަޖުރިބާ ލިބިފައިވުން.
  • ގްރެފިކް ޑިޒައިނިންގއާ ގުޅުންހުރި ދާއިރާއަކުން ތަމްރީން ލިބި، އެ ދާއިރާއާ ގުޅުންހުރި ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  • ދިވެހި ބަހުންނާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

  • ކޯޕަރޭޝަންގެ ސްޓްރެޓެޖިކް ޕޮލިސީ ތަންފީޒު ކުރުމުގައި މެނޭޖިންގ ޑިރެކްޓަރަށް އެހީތެރިވެދިނުން.
  • ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ބޭނުންވާނެ ކަންކަން ދިރާސާކުރުމާއި އެކަންކަން ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރުން.
  • ކޯޕަރޭޝަންގެ އަހަރީ ރިޕޯޓް އަދި ކުއަރޓަލީ ރިޕޯޓް ޤަވާއިދުން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ކޮންމެ އަހަރެއްގެ ބިޒްނަސް ޕްލޭން ތައްޔާރުކުރުމާއި ކޯޕަރޭޝަންގެ މަސައްކަތްތަކުގެ ތެރެއިން ތައްޔާރުކުރަންޖެހޭ ޕްރޮޕޯޒަލްތައް ތައްޔާރުކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުށަހެޅުން.
  • ކޯޕަރޭޝަނުން އެކުލަވާލާ ޚާއްސަ ރިޕޯޓްތަކަށް ބޭނުންވާ ދިރާސާތައް ކުރުމާއި، ތަފާސް ހިސާބު ބަލަހައްޓާ ތަހުލީލުކޮށް ރިޕޯޓް ތައްޔާރުކުރުން.
  • ކޯޕަރޭޝަންގެ މާކެޓިންގް ޕްލޭން ތައްޔާރުކުރުމާއި އެޕްލޭންގައި ހިމެނިފައިވާ ޙަރަކާތްތައް ރާވާ ހިންގުން.
  • ކޯޕަރޭޝަންގެ ފަރާތުން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތް ހަރުދަނާކޮށް ތަރައްޤީ ކުރުމަށްޓަކައި މާރކެޓް ރިސަރޗްތައް ކުރިއަށް ގެންދިއުމާއި ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ތަޢާރަފްކޮށްފައިވާ ސްކީމްތައް ޕްރޮމޯޓް ކުރުމާއި މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ކޯޕަރޭޝަންއިން ބޭނުންކުރާ މާކެޓިންގ މެޓީރިއަލްސް ތަކުގެ ކޮންސެޕްޓް ތައްޔާރުކުރުމާއި ޑިޒައިން ކުރުމުގެ މަސައްކަތް ކުރުން.
  • ކޯޕަރޭޝަންގެ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު މީޑިއާއި ކޯޕަރޭޝަންގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާގެ ޒަރީއާއިން ރައްޔިތުންނަށް ފޯރުކޮށްދިނުން.
  • ކޯޕަރޭޝަންއިން ފޯރުކޮށްދޭ ޚިދުމަތްތައް ޕްރޮމޯޓް ކުރުމުގެ ގޮތުން އަތޮޅުތަކަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް ރާވާ ހިންގުން.

 

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)

(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 17 އޭޕްރިލް 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ ލިޔެކިޔުންތަކާއެކު [email protected] އަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ކަނޑައެޅޭ ގޮތެއްގެ މަތީން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ އިޚްތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

 

08 އޭޕްރިލް 2019