ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30/30/2019/74
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 16 އޭޕްރިލް 2019 10:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

މި މިނިސްޓްރީގެ ފަރާތުން ކ. ވިލިނގިލީގައި ހިންގަމުން ގެންދާ ފިޝަރީޒް ޓްރެއިނިންގ ސެންޓަރގައި ތިރީގައި ދަންނަވާފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން  ބޭނުންވެގެން ކުރެވުނު ނަންބަރު  (IUL)30-C/30/2019/68  އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ލިބިފައި ނުވާތީ، މިއިއުލާން ބާތިލްކޮށް އަލުން މިކަން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

މަސައްކަތުގެ ތަފްޞީލް

  • ފިޝަރީޒް ޓްރެއިނިންގ ސެންޓަރގެ ގޯޑައުންގައިވާ ގަރާޖުގެ (އުސްމިން: 9 ފޫޓް 2 އިންޗި. ފުޅާމިން: 9 ފޫޓް 9.5 އިންޗި) ދޮރު ނަގައި މިތަން ރާނައި، 36x79 އިންޗީގެ ބޮޑު ދޮރެއް ހަރުކޮށް ދަވާދުލައި އަދި ތަޅު ހަރުކުރުން.
  • ފިޝަރީޒް ޓްރެއިނިންގ ސެންޓަރގެ ގޯޑައުންގައިވާ ތޭރި ދޮރުގެ (އުސްމިން: 8 ފޫޓް 7 އިންޗި. ފުޅާމިން: 5.11 އިންޗި) ތޭރިތައް ނައްޓައި މިތަން ރާނައި ބައްދައި ސިމެންތި ޖަހައި ކުލަ ލުން.  
  • ގޯޑައުންގެ ޓިނުތަކާއި ވަކަރު ތަކާ ދޭތެރޭގައިވާ ހުސް ޖާގަ ތަކުގައި ސިމެންތި ޖަހައި ބެއްދުން.  
  • ފިޝަރީޒް ޓްރެއިނިންގ ސެންޓަރގެ ގޯޑައުންގައި ފައިލްތައް ބެހެއްޓުމަށް މި އިޢުލާނާއެކު އެޓޭޖް ކުރެވިފައިވާ ނަމޫނާއާ އެއްގޮތައް ދަގަނޑުން (ގަލްވަނައިޒްޑް) ފައިލް ރެކް ޖެހުން.
  • ކޮންމެ ދެރެކެއްގެ ދެމެދުގައިވާ ހުސް ޖާގައިގެ މެދަށްވާ ގޮތަށް ހަތްފޫޓް ހަތްފޫޓުން ލައިޓް ހަރުކުރުން.
  • ތަނުގައި މަދުވެގެން އެކަށީގެންވާ ވަރުގެ 4 ފަންކާ ހަރުކުރުން.
  • ގޯޑައުންގެ ދެފަރާތުގައި 2 ވެންޓިލޭޝަން ހަރުކުރުން.
  • ތަނުގެ ހަތަރު ކަނުންކުރެ ކޮންމެ ކަނެއްގައި ސޮކެޓެއް ހަރުކުރުން.
  • ފައިލް ރެކުގެ ފައިލްޖެހޭ ގޮތަށް ކޮންމެ ކޮލަމެއްގައި 7 ބަރި އިންނަން ވާނެއެވެ.
  • ކޮންމެ ރޯއެއްގެ އުސްމިނުގައި 15 އިންޗި ހުންނަން ވާނެއެވެ.
  • ކޮންމެ ރެކެއްގެ އުސްމިނުގައި 8 ފޫޓް ހުންނަންވާނެއެވެ.
  • ތަނުގެ ޖުމްލަ އުސްމިނަކީ 10 ފޫޓެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 11 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ 10:30 ކ. ވިލިނގިލީގައި ހިނގަމުންދާ މި މިނިސްޓްރީގެ ފިޝަރީޒް ޓްރެއިނިންގ ސެންޓަރ (ވާރު ހިނގުން) އަށް ވަޑައިގެން ތަން ބައްލަވައި ލެއްވުމަށްފަހު 16 އޭޕްރީލް 2019 ވާ އަންގާރަ ދުވަހުގެ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން ދެއްވުން އެދެމެވެ.

އަގު ހުށަހަޅަންޖެހޭ ގޮތް

  • ސިމެންތީގެ މަސައްކަތުގެ އަގު ވަކިން.
  • ފައިލް ރެކް ޖެހުމުގެ މަސައްކަތުގެ އަގު ވަކިން.
  • ކަރަންޓު މަސައްކަތުގެ އަގު ވަކިން.

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 60 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 60 )
  • މުއްދަތަށް  30 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 30 )
  • ތަޖުރިބާއަށް 10 ޕޮއިންޓް (މިފަދަ މަސައްކަތެއް ނުވަތަ ގުޅުންހުރި މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.

ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)

ރ. އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.

ބ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339251 އަދި  3339211 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

08 އޭޕްރިލް 2019