މަސައްކަތް
ނަންބަރު: 134-HR/I /2019/10
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 11 އޭޕްރިލް 2019 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ރާއްޖޭން ބޭރުންގެންނަ މުދާ ކްލިއަރ ކޮށްދޭނެ ފަރާތެއް ހޯދުން

 

އިޢުލާން

 

މިފްކޯގެ ނަންބަރ 134CORP/I/2019/09 އިޢުލާން އާއި ގުޅޭ

           މިފްކޯގެ ނަމުގައި ރާއްޖެއިން ބޭރުން (ކަނޑުމަގުންނާއި ވައިގެ މަގުން) ގެންނަ މުދާ ކްލިއަރ ކޮށް ނެރެދީ މިފްކޯއިން އަންގާގޮތެއްގެމަތިން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި، މިފްކޯގެ ނަންބަރ  CORP/I/2019/09 އިޢުލާން އާއި ގުޅޭ ގޮތުން ދަންނަވަމެވެ. އެ އިޢުލާންގައި،  މައުލޫމާތު ދިނުމަށް ހަމަޖެހިފައިއޮތް ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމާއެކު، ސުރުހީގައި ދެންނެވިފައިވާ އިޢުލާންގައިވާ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން ތިރީގައިވާ ގޮތަށް ވަނީ ބަދަލުގެނެވިފައެވެ.

 

މަޢުލޫމާތު ސާފުކޮށްދިނުން

11 އޭޕްރީލް 2019 (ބުރާސްފަތި)

ސުންގަޑި: 14:00

އަންދާސީ ހިސާބު ހުށަހެޅުން

16 އޭޕްރީލް 2019 (އަންގާރަ)

ސުންގަޑި: 14:00

 

           މި އިޢުލާނާގުޅިގެން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ބޭނުފުޅުވާނަމަ އަހުމަދު އިބްރާހިމް 7775150 ފޯނާއި ގުޅުއްވުން އެދެމެވެ.

      

           08 އޭޕްރީލް 2019

08 އޭޕްރިލް 2019