ދިވެހިރާއްޖެ
ޤާނޫނު ނަންބަރ 2009/05 "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" ގެ 15 ވަނަ މާއްދާގެ (ށ) އަދި (ނ)ގައިވާ ގޮތުގެމަތިން ހަދަންޖެހޭ ދަފުތަރު މިހާރުވާނީ މި އިދާރާގައި ޤާއިމުކުރެވިފައެވެ.
ވީމާ، މިހާރު ނޭކުރެންދޫގައި ދުއްވަމުން ގެންދާ އެންމެހާ އިންޖީނުލީ އަދި ބެޓެރި އެއްގަމު އުޅަނދުތައް 09 މެއި 2019 ވަނަދުވަހު 13:00ގެ ކުރިން ކައުންސިލް އިދާރާގެ ދަފްތަރުގައި ހިމެނުމަށް އުޅަނދުފަހަރުގެ ވެރިންނާއި އެއުޅަނދުފަހަރު ދުއްވާއެންމެހައި ފަރާތްތަކަށް ދަންނަވަމެވެ. އަދި އަލަށް އެތެރެކުރާ އުޅަނދުފަހަރު އެއުޅަނދެއް ނޭކުރެންދޫއަށް އެތެރެކުރާތާ 07 (ހަތެއް) ދުވަހުގެ ތެރޭގައި ކައުންސިލް އިދާރާގެ ދަފްތަރުގައި ހިމެނުމަށް ހުށަހަޅަށްވާނެއެވެ. 09 މެއި 2019ގެ ފަހުން މިއިދާރާގެ ދަފްތަރުގައި ހިމަނާފައި ނުވާ އެއްގަމު އުޅަނދުފަހަރުގެ ކަންކަމަށް އެކިއެކި އިދާރާތަކަށް ހުށަހަޅަންޖެހޭ ލިޔުންތައް ދޫނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
ދަފްތަރުގައި ހިމެނުމަށް ހުށަހަޅުއްވާނީ އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމްފުރުއްވުމަށްފަހު ކަމާގުޅޭ ލިޔުންތަކާ އެކުގައެވެ. ދަފްތަރުގައި ހިމެނުމަށް ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓް www.neykurendhoo.gov.mv އިން ލިބެންހުންނާނެވާހަކަ ދަންނަވަމެވެ.