ޢާންމު މަޢުލޫމާތު
ނަންބަރު: (A)DA-2019/164
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 21:46
ސުންގަޑި: 07 އޭޕްރިލް 2019 06:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އާ ގުޅިގެން ކެމްޕެއިން ކުރުން މަނާ ވަގުތުތައް

ނަންބަރު: A)DA-2019/164)

އިޢުލާނު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އާ ގުޅިގެން ކެމްޕެއިން ކުރުން މަނާ ވަގުތުތައް

ޤާނޫނު ނަންބަރު 11/2008  "އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު" ގެ 44 ވަނަ މާއްދާގައި ވާގޮތުން އިންތިޚާބެއްގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހު ހަވީރު 18:00 ން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހުދުވަހުގެ ހެނދުނު 06:00 އާ ދެމެދު، ތާއީދު ހޯދުމަށް އެއްވެސް ޙަރަކާތެއް ނުވަތަ ތާއީދު ހޯދުމަށް މަގުފަހިވާފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ މަނާކަމެކެވެ.

ވީމާ، 06 އެޕްރީލް 2019 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ލިބޭފަދަ ނުވަތަ ތާއީދު ކުޑަވާފަދަ ނުވަތަ އިންތިޚާބަށް ނުފޫޒެއް ފޯރާފާނެ އެއްވެސް ޢަމަލެއް 05 އެޕްރީލް 2019 ވާ ހުކުރު ދުވަހުގެ ހަވީރު 18:00 ން ފެށިގެން 07 އެޕްރީލް 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 6:00 އާ ދެމެދު އެއްވެސް ވަޞީލަތެއްގެ އެހީގައި އެއްވެސް ފަރާތަކުން ނުހިންގުމަށް އިލްތިމާސް ކުރަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

28 ރަޖަބު 1440

04 އެޕްރީލް 2019

04 އޭޕްރިލް 2019