ދިވެހިރާއްޖެ
ޑަބްލިއު.ޑީ.ސީ ޛިކުރު އޯޕެން ޤުރުއާން މުބާރާތް 1447
ގދ.ގައްދޫ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް، ފެތުރުމަށްޓަކައި ގައްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ސިލްސިލާކޮށް ކުރިޔަށްގެންދާ ޛިކުރު ޤުރުޢާން މުބާރާތް މިއަހަރު މުޅިން ތަފާތު ގޮތަކަށް ކުރިޔަށްގެންދިއުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. އެގޮތުން ޢާންމުކޮށް ހުޅުވާލައިގެން މުޅިން އަލަށް ގައްދޫގައި އޯޕެން ޤުރުޢާން މުބާރާތެއް ބޭއްވުމަށް ކޮމިޓީން މިދަނީ ތައްޔާރުވަމުންނެވެ.
މި މުބާރާތަށް ކިޔާނީ "ޑަބްލިއު.ޑީ.ސީ ޛިކުރު އޯޕެން ޤުރުއާން މުބާރާތް 1447" އެވެ. މުބާރާތް ކުރިޔަށްދާނީ 2026 މާޗް 06 އިން 2026 މާރޗް 8 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތަކީ ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން ބޭއްވޭ މުބާރާތެކެވެ.
ވިމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 25 ފެބްރުއަރީ 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް ތިރީގައިވާ ގޫގަލް ލިންކް ފުރުއްވުން އެދެމެވެ.
https://forms.gle/VGuJwvkJYMsaMssF7
މުބާރާތުގެ ޤަވައިދު މި އިޢުލާނާއެކު ޢާންމުކުރީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
