މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުރުރާސްތާ 8 (މަސްދޯނި) ނީލަންކިޔުން

ނީލަން ކިޔާ ދޯނީގެ ތަފުޞީލު

ތަކެތީގެ ތަފްޞީލް

1 ދޯނި (G1454B-01 07-K)

ނީލަން ފެށޭ އަގު

2,500,000 ( ދެ މިލިއަން ފަސްލައްކަ ރުފިޔާ)

ނީލަމުގެ އަގަށް އިތުރު ކުރެވޭނެ މަދު މިންވަރު

50,000 (ފަންސާސް ހާސް ރުފިޔާ)

މަޢުލޫމާތު ސާފުކުރުމާއި އުޅަނދު ބެލުން

ދޯނި ބައްލަވާ ލެއްވުމަށް އެދިލައްވާ ފަރާތްތަކުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން 13:00 ށް މިއިދާރާއަށް ވަޑައިގަތުމުން އުޅަނދު ދައްކާލުމުގެ އިންތިޒާމު ހަމަޖައްސައި ދެވޭނެއެވެ. 

އަގު ހުށަހަޅާނެ ތާރީޚް

ނީލަމުގައި ބައިވެރިވެލެއްވުމަށް އެދިލައްވާ ފަރާތްތަކުން އަގު ހުށަހެޅުމަށް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ފޯމް، ކޮންމެ ދުވަހެއްގެވެސް 12:00 ގެ ކުރިން މިއިދާރާގެ ކައުންޓަރަށް، ނުވަތަ މިއިދާރާގެ އީމެއިލް  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ކޮންމެ ދުވަހަކު ހުށަހަޅާ އެންމެ މަތީ އަގު އެދުވަހެއްގެ 14:00 ގައި މިއިދާރާގެ ވެބްސައިޓް https://kolhufushi.gov.mv/download    ގައި   ޢާއްމު ކުރެވޭނެއެވެ. (ބަންދު ދުވަސްތައް ނުހިމަނާ)

ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

ހުށަހަޅުއްވާ އެންމެ މަތީ އަގާއި، އައި.ޑީ.ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏަކުން ހުށަހަޅުއްވާ ނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއެކު ނީލަމަށް ކަނޑައަޅާފައިވާ ވަގުތުގައި ހުށަހަޅަން ވާނެއެވެ.

އުޅަނދު އޮތް ތަން

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މަޢުލޫމާތު ސާފުކުރުމާއި އަގު ހުށަހަޅާނެ ތަން

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7870570 އަށެވެ.

 

 

ނީލަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 01 ޑިސެމްބަރ 2025 ވަނަ ދުވަހުން ފެށިގެންނެވެ. ނީލަމަށް ހުށަހެޅޭ އަގު ޖެހިޖެހިގެން ރަސްމީ 03 ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެ އަގަށް ނީލަން ނިންމާ ލެވޭނެއެވެ.  ނީލަމުގައި އެންމެ މަތީ އަގު ހުށަހަޅައިގެން ނީލަން ކާމިޔާބުކުރާ ފަރާތަށް އުޅަނދު ދޫކުރެވޭނީ ނީލަމަށް ހުށަހެޅި އަގު މި އިދާރާއަށް ދެއްކުމުންކަމުގައި ދަންނަވަމެވެ.

އަދި ބީލަން ކާމިޔާބުކުރާ ފަރާތުން ފައިސާ ނުދައްކައިފިނަމަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ފުރުސަތު ދެވޭނެއެވެ. ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތުންވެސް ފައިސާ ނުދައްކައިފިނަމަ 3 ވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ފުރުސަތު ދެވޭނެއެވެ. 3 ވަނައަށް ފުރުސަތު ދެވުނު ފަރާތުން ފައިސާ ނުދައްކައިފިނަމަ ނީލަން ބާޠިލު ކުރެވޭނެއެވެ.

 

 

 

30 ނޮވެންބަރު 2025
ހޯދާ