މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެޑްމިން އެންޑް ފައިނޭންސް އޮފިސަރ

އިޢުލާން

 

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކޮށްފައިވާ އިޢުލާން ނަންބަރު 123/(IUL)101-EP/1/2019 ގައިވާ މަގާމަށް އެކަށީގެންވާ ވަރަށް ކުރިމަތިލައްވާފައި ނުވާތީ، ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު  އަލުން ހުޅުވާލަމެވެ. މި މަގާމާއި ބެހޭ މައުލޫމާތާއި މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv ގައިވާ ޓާރމްސް އޮފް ރިފަރެންސް ގައި ބަޔާން ކުރެވިފައިވާނެއެވެ.

 

    

 

-                      މަގާމް

އެޑްމިން އެންޑް ފައިނޭންސް އޮފިސަރ

-                      ބޭނުންވާ އަދަދު

01

-                      ސެކްޝަން / ޔުނިޓް

ޕްރެޖްކްޓް މެނޭޖްމަންޓް ޔުނިޓް

 

 

މި މަޤާމްތަކަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާއި އެކު އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ ބީ.ސީ ޤާއިމްކުރާ ރަށުގައެވެ. އަދި މާލޭގައި ނަމަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައެވެ. މިނިސްޓްރީއަށް މިވަޒީފާތަކަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

 

  • ·         ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ·         ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • ·         މަޤާމާއި ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާސާއެއް ސިޓީ ގައި ހިމެނިފައިވާންވާނެއެވެ.
  • ·         ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
  • ·         ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ

 

މި މަޤާމްތަކަށް ޝައުގުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް ގައިވާ ގޮތުގެ މަތިން،15 އޭޕްރިލް 2019 ގެ 13:00 ގެ ކުރިން، ވަޒީފާއަށް އެދޭކަމަށް ބަޔާންކޮށް ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މަޤާމުގެ ޓާރމްސް އޮފް ރިފަރެންސް، މިމިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ލިބިލައްވާނެއެވެ.

 ސިޓީއުރައިގެ ބޭރުގައި 'ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ވަޒީފާއަށް އަދި ސިޓީ ހުށަޅާނީ:     

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.                              

ފޯނު: 3333116، 3333160 (960)+                                

އީމެއިލް: [email protected]

 

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ

04 އޭޕްރިލް 2019
ހޯދާ