މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އެން.އެސް.ޑަބްލިއު ސޮފްޓްވެއަރ އަދި ހާޑްވެއަރ ސަޕްލައި، އިންސްޓޯލް، ކޮންފިގަރ، ޑެވެލޮޕް އަދި މެއިންޓެއިން ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. ދިވެހި ސަރުކާރަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ހިލޭ އެހީ އަދި ލޯންގެ ގެ ގޮތުގައި ލިބިފައިވާ ފައިސާއިން ސައުތު އޭޝިއާ ސަބްރީޖަނަލް އެކޮނޮމިކް ކޯޕަރޭޝަން ޕްރޮގްރާމް ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓްގެ ދަށުން ތިރީގައި މިވާ ސޮފްޓްވެއަރ އަދި ހާޑްވެއަރ ގަތުމަށް ވަނީ ހަމަޖެހިފައެވެ.

2. މިނިސްޓްރީ އޮފް އެކޮނޮމިކް ޑެވެލޮޕްމަންޓްގެ އެދިލެއްވުމުގެ މަތިން އެން.އެސް.ޑަބްލިއު ސޮފްޓްވެއަރ އަދި ހާޑްވެއަރ ސަޕްލައި، އިންސްޓޯލް، ކޮންފިގަރ، ޑެވެލޮޕް އަދި މެއިންޓެއިން  ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ރާއްޖެއާއި ރާއްޖޭންބޭރުގެ ފަރާތްތަކަށް ހުޅުވާލަމެވެ.

3. މި ޕްރޮޖެކްޓަކީ އިންޓަރނޭޝަނަލް ކޮމްޕެޓެޓިވް ބިޑިންގް އުސޫލުން އޭ.ޑީ.ބީގެ ސިންގަލް ސްޓޭޖް ވަން އެންވަލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

4. މި ބީލަމުގައި ބައިވެރިވެވޭނީ ތިރީގައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކަށް އެކަނިއެވެ.

ހ. ފާއިތުވި 3 އަހަރު ކުންފުނީގެ މާލީ ތަނަވަސްކަމުގެ އެވަރެޖްގެ ގޮތުގައި ޔޫ.އެސް.ޑީ 5 މިލިއަން ރުފިޔާ ލިބިފައިވުން.

ށ. ފާއިތުވި 5 އަހަރު ތެރޭގައި  މަދުވެގެން 4 މިލިއަން ޑޮލަރުގެ މިބާވަތުގެ 1 މަސައްކަތްކޮށްފައިވުން.

5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން    : 3349101    3349106

އީ-މެއިލް : [email protected]

ކޮޕީ     : [email protected] 

މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

6. ބީލަމުގައި ބައިވެރިވުމަށް -/1500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100.00(ސަތޭކަ) ޔޫ.އެސް ޑޮލަރުގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 4 އެޕްރީލް 2019 އިން 19 މެއި 2019އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00 (ރަމަޟާން މަހު: 10:00 އިން 12:00) އަށް މި މިނިސްޓްރީއިންނެވެ.

7. މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 50,000.00 ޔޫ.އެސް ޑޮލަރު (ފަންސާސް ހާސް ޔޫ.އެސް ޑޮލަރު ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ދިވެހި ރުފިޔާއިން) ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 112 ދުވަހެވެ.

8. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 30 އެޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން މަތީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

9. ބީލަން ހުޅުވުން އޮންނާނީ 20 މެއި 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ފަހުން ލިބޭ ބީލަންތައް ބަލައެއްނުގަނެވޭނެއެވެ.

10. މި އިއުލާނު މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓް www.finance.gov.mv   ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

4 އެޕްރީލް 2019

04 އޭޕްރިލް 2019
ހޯދާ