މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ތަޢުލީމާއި ތަމްރީނު އުނގެނުމުގެ ފުރުޞަތު

ތަޢުލީމާއި ތަމްރީނު އުނގެނުމުގެ ފުރުޞަތު

ކޯހުގެ ނަން:             ޑިޕްލޮމާ އިން ލޯ އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް

ކޯސް ހިންގާ ފަރާތާއި ޤައުމު:   އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީސް / މޯލްޑިވްސް ޕޮލިސް ސަރވިސް

ކޯހުގެ މުއްދަތު:           01 އަހަރު  

ކޯސް ހިންގޭ ތަން:         ކ.މާލެ

ކޯސް ފެށޭ ތާރީޚް:        އެޕްރީލް 2019

ކޯހުގެ ފީ:             -/1500

ޝަރުޠު:

- އޭލެވެލް 2 ފާސް (ދިވެހި/އިސްލާމް ނަމަ "ސީ" އިންފެށިގެން މަތި އަދި އެހެން މާއްދާއެއް ނަމަ "އީ" އިން ފެށިގެން މަތި) ލިބިފައިވުން، ނުވަތަ؛

- އެޕްލައިކުރަން ބޭނުންވާ ކޯހާއި ގުޅޭ ދާއިރާއަކުން ލެވެލް 4 ގެ ސެޓްފިކެޓެއް ލިބިފައިވުން، ނުވަތަ؛

- އެޕްލައިކުރަން ބޭނުންވާ ކޯހާއި ނުގުޅޭ ދާއިރާއަކުން ލެވެލް 4 ގެ ސެޓްފިކެޓް ލިބިފައިވާނަމަ، އެމް.ކިއު.އޭ އިން ހުއްދަލިބިފައިވާ ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް (ޔޫ.ޕީ.ޕީ) އެއް ފުރިހަމަކޮށްފައިވުން، ނުވަތަ؛

- އެޕްލައިކުރަން ބޭނުންވާ ކޯހަކަށް އަމާޒުކޮށް ހިންގާ ލެވެލް 4 ގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން، ނުވަތަަ؛

- އުމުރުން 20 އަހަރު ވެފައިވުމާއިއެކު އެޕްލައިކުރަން ބޭނުންވާ ކޯހާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށްފައި ވުމާއެކު އެމް. ކިއު.އޭ އިން ހުއްދަލިބިފައިވާ ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް (ޔޫ.ޕީ.ޕީ) އެއް ފުރިހަމަކޮށްފައިވުން

ހުށަހަޅާންޖެހޭ ލިޔުންތައް:

- ކޯސް އެޕްލިކޭޝަން ފޯމް،

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،

- ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތުގެ ވަނަވަރު،

- އެޓެސްޓްކުރެވިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ،

- ޕާސްޕޯރޓް ސައިޒް 01 ފޮޓޯ.

އިތުރު މަޢުލޫމާތު: ކޯސް އެޕްލިކޭޝަން ފޯމް އަދި ސީވީ ފޯމް އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގެ ވެބްސައިޓުންwww.isles.edu.mv ލިބެން ހުންނާނެއެވެ. އަދި މިކޯހާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ 9800102 އަށް ހެނދުނު 8:00 އިން 16:00 އަށް ގުޅުއްވުން އެދެމެވެ.

ސުންގަޑި: މި ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުން 2019 އޭޕްރީލް 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކޯސް އެޕްލިކޭޝަން ފޯމް އަދި ސީވީ ފޯމް

ފުރުއްވުމަށްފަހު، ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިއުންތަކާއެކު، އިސްކަންދަރު ކޮށި 1 އަށް ހުށަހެޅުއްވުން އެދެމެވެ.

 

28 ރަޖަބު  1440

04 އެޕްރީލް 2019

04 އޭޕްރިލް 2019
ހޯދާ