ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ

             ދަރަނބޫދޫ،                              ނަންބަރު: (IUL)373/INDIV/2019/06

             ދިވެހިރާއްޖެ.

 

 

އިޢުލާން

މިއިދާރާގެ މިދަންނަވާ މަޤާމަށް މީހަކުހޯދަން ބޭނުންވެއްޖެއެވެ.

ވަޒީފާގެ ފުރުޞަތު

   
   
   

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު

J-295330

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި

ވަގުތީ

މަޤާމުގެ ރޭންކް

ޖީ.އެސް 3

މަޤާމުގެ ކުލެސިފިކޭސަން:

އޮފިސަރ ގްރޭޑް1

ސެކްޝަން

ކޯޕަރޭޓިވް އެފެއާޒް

މަޤާމުއޮތް އޮފީސް

ނިލަންދެ އަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން

ނިލަންދެ އަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ

މުސާރަ:

=/4465 ރުފިޔާ

ސަރވިސް އެލަވަންސް:

=/1500 ރުފިޔާ

އިތުރު އިނާޔަތްތައް:

01. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތް.

02. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ކޮންޓްރިބިއުޝަން

03. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާއާއި، ދަތުރު އެލަވަންސް.

މަޤާމުގެ އަސާސީ ޝަރުތު

 

 

  1. ސާނަވީ ނުވަތަ އެއާއި އެއްފެންވަރެއްގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލު' ނުވަތަ'ހަޔަރ ސެކަންޑަރީ ސްކޫލު' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތް

  1. ދުވަހު ޔައުމިއްޔާއާއި، މުޙިއްމު ކަންތައްތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  2. ކައުންސިލް ހިނގި ގޮތުގެ ރިޕޯޓް ލިޔެ ބެލެހެއްޓުން.
  3. ކައުންސިލް އިދާރާ ޙަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ލިޔެކިޔުން ބެލެހެއްޓުން.
  4. ކައުންސިލް އިދާރާ ހުޅުވާ ލެއްޕުމުގެ އިންތިޒާމް ލިޔެ ބެލެހެއްޓުން.
  5. ކައުންސިލްގެ ޖަލްސާތަކާއި ބައްދަލުވުންތަކުގެ ލިޔެކިއުން ފުރިހަމަކޮށް ބެލެހެއްޓުން.
  6. އެންޓްރީއަށް ލިބޭ ލިޔުންތައް ސެކްޝަންތަކާއި ޙަވާލުކުރުން.
  7. ރަށު ކައުންސިލްގެ މުވައްޒަފުންނާއި، ކައުންސިލް ބެލުމުގެ ދަށުގައިވާ އެހެނިހެން  ދާއިރާތަކުގެ މުވައްޒަފުންނާއިބެހޭ އެންމެހާ ލިޔެކިއުންތައް ލިޔެ ބެލެހެއްޓުން.
  8. އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ޖެމްސް ނުވަތަ މެއިލް ކުރުން.
  9. މަޤާމުގެ މަސައްކަތާގުޅުންހުރި ލިޔުންތަކާއި ރިޕޯޓްތައް ލިޔެ ތައްޔާރުކުރުމާއި ފައިލުކޮށް ބެލެހެއްޓުން.
  10. ވަޒީފާ ބަޔާނުގައި ހިމެނިފައިވާ ކަންތައްތަކުގެ އިތުރުންވެސް އިދާރާގެ ރަސްމީމަސައްކަތާއިގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

01. ތަޢުލީމާއި ތަމްރީނު.

02. މަސައްކަތުގެ ތަޖްރިބާ.

03. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

04. ގިނަވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު(ގުޅޭނެ ފޯން ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަންމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޒެއް ނެތް ކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެތްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެތްފިކެޓްތަކުގެ ކޮޕީ.

1. ފުރިހަމަ ކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

2. ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.

3. މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަސް. މަސައްކަތްކޮށްފައިވާ އިދާރާ ތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސްއިން ބޭރުގެ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ކިޔުން.

މަޤާމަށް އެދެންވީގޮތާއި  ސުންގަޑި:

ވަޒީފާއަށް އެދޭފޯމް ނިލަންދެ އަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އެޕްރީލް 14ވާ  އާދީއްތަ ދުވަހުގެ 13.00ގެ ކުރިން . ނިލަންދެ އަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019އެޕްރީލް15އިން 16އާއި ދެމެދު ފ.ދަރަނބޫދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚްތަކުގައި އިންޓަވިއުއަސް ތައްޔާރުވެގެން ތިއްބުމަށް އެދެމެވެ.

ސޯޓް ލިސްޓް ކުރުން

މިވަޒިފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10އަށްވުރެ ގިނަ ނަމަ ތަޢުލީމީ ފެންވަރާއި، ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ސޯޓް ލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ

ޖުމުލަ އިންސައްތަ: %30

އެހެނިހެން ކަންތައްތައް

* މި މަޤާމަށް ކުރިމަތިލާ މީހުންނަކީ ޢުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.

* ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް އަދި ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ.

         މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް  ސާފުކުރައްވަން ބޭނުން ފުޅުވާނަމަ މިއިދާރާގެ ނަމްބަރ: 6740015 ފޯނަށް ގުޅުއްވުން އެދެމެވެ.އީމެއިލް އެޑްރެހަކީ [email protected]އެވެ.

27 ރަޖަބު 1440

03 އެޕްރީލް 2019

03 އޭޕްރިލް 2019
ހޯދާ