މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފައިނޭންޝިއަލް މެނޭޖްމަންޓް ސްޕެޝިއަލިސްޓް / ސީނިއަރ ފައިނޭންސް އޮފިސަރ

 

                                          އިއުލާން ނަމްބަރު: (IUL)475/475/2019/40

ވަޒީފާގެ ފުރުސަތު

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ އެންހާންސިންގ އެމްޕްލޯއިބިލިޓީ ތްރޫ ހިއުމަން ކެޕިޓަލް އެންޑް އޮންޓޮޕްރިނާރޝިޕް ޑިވަލަޕްމަންޓް ޕްރޮޖެކްޓަށް 'ފައިނޭންޝިއަލް މެނޭޖްމަންޓް ސްޕެޝިއަލިސްޓް/ސީނިއަރ ފައިނޭންސް އޮފިސަރ' އެއް ބޭނުންވެއެވެ.  

މަޤާމް:        ފައިނޭންޝިއަލް މެނޭޖްމަންޓް ސްޕެޝިއަލިސްޓް / ސީނިއަރ ފައިނޭންސް އޮފިސަރ

ބޭނުންވާ އަދަދު:    1 (އެކެއް)

މުސާރަ: ދެފަރާތް އެއްބަސްވާ މިންވަރަކަށް.

ފެންވަރު ނުވަތަ ޝަރުތު:

މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ.

 

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އޭޕްރިލް 2019 ގެ 13:00 ގެ ކުރިން ގާޒީ ބިލްޑިންގ، ގްރައުންޑް ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 3341319 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.            

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  2. ސީ.ވީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
  4. ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ

 

 

 

 

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

 

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް ( ޕީ.އެމް.ޔޫ )،

ގާޒީ ބިލްޑިންގް، ގްރައުންޑް ފްލޯރ.

އީމެއިލް : [email protected]    ފޯން: 3341318 ، 3341319

 

މަޤާމަށް ހޮވުން: - މި މަޤާމަށް ހޮވޭނީ ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު އިންޓަރވިއުއިން ފާސްވާ ފަރާތެކެވެ. މި މަޤާމަށް ބޭފުޅަކު ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖޫން 2016 " ގައި ވާ ގޮތުގެ މަތިންނެވެ.

03 އޭޕްރިލް 2019
ހޯދާ