ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

J-284318

މަޤާމުގެ ނަންބަރު:

01 (އެކެއް)

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ޖީ.އެސް 3

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

4465.00 ރުފިޔާ

މުސާރަ:

މަހަކު 1500.00

ސަރވިސް އެލެވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  4. ސަޕޯޓިންގ ކޯރ އެލަވަންސްގެ ގޮތުގައި މަހަކު 700.00 ރުފިޔާ
  5. ސިވިލް ސަރވިސް ޤަވާޢިދުގައިވާގޮތުގެ މަތިން އެހެނިހެން އެލަވަންސް.

އެހެނިހެން އެލަވަންސް:

-           ޒިންމާދާރު ވެރިޔާއާއި ޔުނިޓް އިންޗާޖުގެ ލަފާގެމަތިން މިސްކިތްތަކުގެ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާއި ހުކުރު ނަމާދާއި ޢީދު ނަމާދު ފަދަ ޖަމާއަތުގައި ކުރެވޭ ނަމާދުތައް ކުރުމަށް އިމާމުން ހަމަޖެއްސުން.

-          ކައުންސިލް އިދާރާއަށް ލިބޭ ސިޓީ ލިޔެކިޔުންތައް ގަވަރމަންޓް އީލެޓާ މެނޭޖުމަންޓް ސިސްޓަމަށް އެންޓަރކުރުން.

-          ކައުންސިލް އިދާރާއަށް ލިބޭ ސިޓީ ލިޔެކިޔުންތަކުގެ ޖަވާބު ސެކްޝަން ހެޑްގެ ލަފާގެ މަތިން ތައްޔާރުކޮށް ފޮނުވުން. 

-          ކުނިއެޅުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތައް ބެލެހެއްޓުން.

-          ބިދޭސީންގެ ދަފުތަރު ލިޔެ ބެލެހެއްޓުން.

-          ކައުންސިލްގެ ޢާއްމު ބައްދަލުވުންތަކާއި، ކުއްލި ބައްދަލުވުން ތަކުގެ އިތުރުން ރައްޔިތުނާއިއެކު ބާއްވާ ބައްދަލުވުން ތަކުގެ ޔައުމިއްޔާއާއި އެޖެންޑާ ލިޔެ ބެލެހެއްޓުން.

-          ކައުންސިލް އިދާރާގެ ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

-          ދީނީ ގޮތުންނާއި ޤައުމީ ގޮތުން ފާހަގަ ކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަ ކުރުމުގެ މަސައްކަތްތައް ކައުންސިލާއި ޒިންމާދާރު ވެރިޔާގެ މަޝްވަރާގެ މަތިން ހިންގާ ބެލެހެއްޓުން.

-          މުވައްޒަފުންގެ ވަޒީފާ ބަޔާން ތައްޔާރުކުރުމާއި، ވަޒީފާ ތަކަށް މީހުން ނެގުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

-          ކައުންސިލްގެ މައްޗަށް އެކިފަރާތްތަކުން ކޯޓްތަކުގައި ކުރާ ދަޢުވާއާއި އެކި ފަރާތްތަކުގެ މައްޗަށް ކައުންސިލުން ކޯޓްތަކުގައި ކުރާ ދަޢުވާތަކާއި ގުޅިގެން ހަމަޖައްސަން ޖެހޭ އިދާރީ ކަންތައްތައް ހަމަޖެއްސުމާއި، އޭގެ ރެކޯޑް ބެލެހެއްޓުން.

-          މުވައްޒަފުންގެ ޙާޒިރީ ބެލެހެއްޓުން.

-          ކުނި ނައްތާލުމާއި ބެހޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމާއި ކުނިނައްތާލުމުގެ ލުއިފަސޭހަގޮތްތައް ހޯދާ ތަރަށްޤީކުރުން.

-          ޙުކުމް ތަންފީޒް ކުރުމަށްޓަކައި އަރުވާލާ މީހުންނާއި ގޭގައި ބަންދުކުރާ މީހުންގެ ކަންތައް ހަމަޖެއްސުމާއި އެފަދަ މީހުންގެ ރެކޯޑް ބެލެހެއްޓުން.  

-          ރަށުތެރެއާއި ބަނދަރު ސާފުކޮށް ބެލެހެއްޓުމަށްޓކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން..

-          ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތާއި ގުޅޭ ގޮތުން ޙަވާލު ކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސާނަވީ ނުވަތަ އެފެންވަރުގެ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން ''ސީ'' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

1-  ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ

2- ސިވިލް ސާރވިސް ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާނު ފުރިހަމަކޮށް، ސެޓްފިކެޓް ލިބިފައިވާނަމަ،ސެޓްފިކެޓްފެ ކޮޕީ.

3- މަސައްކަތުގެ ތަޖުރިބާ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ތަޢުލީމް                     %35

އިމްތިޙާން                    %5

މަސައްކަތުގެ ތަޖުރިބާ            

ލިބިފައިވާ ހުނަރު                %45

މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން  %5   

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވަން ޖެހޭ އީމެއިލް އެޑްރެހަކީ:[email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އިންޓަވިއު ކުރުމާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އިމްތިޙާނުކުރުން ބޭއްވޭނީ 15 އޭޕްރީލް 2019 އާއި 18 އޭޕްރީލް 2019 ދެމެދުގެ ދުވަހެއްގައި ހެނދުނު 9:00 ން ރޭގަނޑު 22:00 އާއި ދެމެދުގެ ވަގުތެއްގައި ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާގައެވެ.

 

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަތަނާއި މުއްދަތު):

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ޝޯޓް ލިސްޓްކުރުން:

 

މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމުލަ އިންސައްތަ، %45 (ސާޅީސް ފަހެއް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް މިހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ އިންސައްތަ:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520028 ފޯނާއެވެ.

 

     

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

03 އޭޕްރިލް 2019
ހޯދާ