ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ގއ.ވިލިނގިލި އެސްޓީއޯ ފިހާރައިން ވިއްކާ އެއަރކޮންޑިޝަން 02 އަހަރު ދުވަހުގެ މުއްދަތަށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ޢިއުލާން (60-އޭޑީއެމް/58/2019) ބާތިލްކޮށް އަލުން ޢިއުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަސައްކަތުގެވެރިފަރާތް:ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީކުރުން:ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 އޭޕްރިލް 8 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން ގއ.ވިލިނގިލި އެސް.ޓީ.އޯ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސްދޫކުރުން:ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2019 އޭޕްރިލް 8 ވާ ހޯމަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތުދިނުން:ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2019 އޭޕްރިލް 9 ވާ އަންގާރަ ދުވަހުގެ 11:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ގއ.ވިލިނގިލި އެސް.ޓީ.އޯ ފިހާރައިގައި އޮންނާނެއެވެ.

ސުވާލާއިޖަވާބު:ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 2019 އޭޕްރިލް 10 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުއްވަންވާނެއެވެ. އަދި، 2019 އޭޕްރިލް 11 ވާ ބުރާސްފަތި ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް:ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2019 އޭޕްރިލް 16 ވާ އަންގާރަ ދުވަހުގެ 14:00 ގައި ގއ.ވިލިނގިލި އެސް.ޓީ.އޯ ފިހާރައިގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:  3012679 ، 3344262

ފެކްސް: 3443363

އީމެއިލް: [email protected]

 

02 އޭޕްރިލް 2019
ހޯދާ