މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ (އޯފް-ޕީކް ސީޒަން) 2019

ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ ގޮތުން، ރާއްޖެއިން ބޭރުން އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު މި އޮތޯރިޓީއިން ކުރަމުންގެންދާ "ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ" މި އަހަރު ވެސް ބޭއްވުމަށްވަނީ ރާވާފައެވެ. އެ ގޮތުން މި އަހަރުގެ އޯފް-ޕީކް ސީޒަންގެ ސާވޭ، އެޕްރީލް 12އިން 18އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ހޯލުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސާވޭގައި މައިގަނޑު ގޮތެއްގައި ނެގޭ މަޢުލޫމާތުތަކުގެ ތެރޭގައި ދަތުރުގެ މައިގަނޑު މަޤްޞަދު، ދަތުރު ކުރި ޤައުމު، ޓިކެޓުގެ ޚަރަދު، ހުރުމުގެ ޚަރަދު، ބޭސް ފަރުވާއަށް ކުރެވުނު ޚަރަދުގެ އިތުރުން ޖުމުލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ޚަރަދުގެ މަޢުލޫމާތު ހިމެނޭނެއެވެ. ނަމަވެސް ވަކިވަކި ފަރުދުންގެ ނަމާއި އެޑްރެސް ފަދަ އެއްވެސް މަޢުލޫމާތެއް މި ސާވޭގައި ނުނެގޭނެއެވެ. އަދި  މި ސާވޭގައި ނެގޭ ހުރިހާ މަޢުލޫމާތެއްގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަޤީންކަން މި އޮތޯރިޓީއިން އަރުވަމެވެ.

ސާވޭ ކުރެވޭ މުއްދަތުގައި، އެމްއެމްއޭގެ ޓީމްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ހޯލުގައި ސާވޭއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެއެވެ. ވީމާ، މި މުއްދަތުގައި ރާއްޖެއަށް އެނބުރި ވަޑައިގަންނަވާ އެންމެހާ ދިވެހީންގެ ފުރިހަމަ އެއްބާރުލުން މި ސާވޭއަށް ދެއްވުން އެދި އިޚްލާސްތެރިކަމާއެކު ދެންނެވީމެވެ.

 

02 އޭޕްރިލް 2019
ހޯދާ