ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ވަންދޫ މަސްޖިދުލް ނަސްރީ މިސްކިތް މަރާމާތުކުރުމާއިގުޅޭ

ވަންދޫ މަސްޖިދުލްނަސްރި މިސްކިތުގެ ބަޔާންކުރެވިފައިވާ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތްތައް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދިލައްވާ ފަރާތްތަކުން 8 އޭޕްރީލް 2019 ވާ ހޯމަ ދުވަހު 10:30 ގައި ވަންދޫ ކައުންސިލް އިދާރާއިން މައުލޫމާތު ސާފުކުރެއްވުމަށްފަހު 14 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހު 10:30 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                            މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މައުލޫމަތު ސާފުކުރުމަށް ވަޑައިގެންނެވި ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި ޑީ ކާޑު އަދި ކުންފުންޏެއްނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބުގައި އެފަރާތެއްގެ ނަމާއި އެޑްރެސް އަދި މަސައްކަތުގެ ނަމާއި މަސައްކަތުގެ އަގު އަދި މަސައްކަތް ކުރުމަށް ރާވާފައިވާގޮތް އެނގޭނޭހެން ތަފްސީލްކޮށް ހިމަނަންވާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ފޯންނަންބަރު 7980047 އަށެވެ.

  1. މިސްކިތުގެ ދޮރުތައް މަރާމާތުކުރުން
  2. މިސްކިތުގެ ކުލަޔާއި ދަވާދު ބަދަލުކުރުން
  3. މިސްކިތުގެ ސީލިންގް ކުރުން
  4.  މިސްކިތުގެ ކަރަންޓްވަޔަރު ބަދަލުކުރުން
  5. މިސްކިތުގެ ވަށާފާރު ރޭނުން
  6. މިސްކިތުގެ މިހުރާބުގެ ޖާގައިތުރުކޮށް މަރާމާތުކުރުން
  7. މިސްކިތުގެ ދާލަމައްޗަށް ފެންވިއްސާ މައްސަލަ ހައްލުކުރުން

 

ވީމާ، އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ

02 އޭޕްރިލް 2019
ހޯދާ