ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް ބޭނުންވާ ޕްރޮމްޕްޓަރއެއް ގެނެސްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

މި އޮފީހަށް ބޭނުންވާ ޕްރޮމްޕްޓަރއެއް ގެނެސްދޭނެ ފަރާތެއް ހޯދުން

މި އޮފީހުގެ ބޭނުމަށް ޕްރޮމްޕްޓަރއެއް ގެނެސްދޭނެ ފަރާތެއް ހޯދުމަށް 21 މާރިޗު 2019 ގައި ކުރި، މި އޮފީހުގެ ނަންބަރު IUL)1-CSO(FM)/1/2019/26) އިޢުލާނާ ގުޅިގެން، އަންދާސީހިސާބު ހުށަހެޅުމަށް އެއްވެސް ފަރާތަކުން ޙާޟިރުވެފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، ޕްރޮމްޕްޓަރ ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2019 އެޕްރީލް 4 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި އޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2019 އެޕްރީލް 9 ވާ އަންގާރަ ދުވަހުގެ 11:30 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

 25 ރަޖަބު 1440

 

01 އޭޕްރިލް 2019
ހޯދާ