ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

26 ފެބްރުވަރީ 2019 ގައި މި ޑިޕާޓްމަންޓްގެ ނަންބަރު:198A/2019/26 އިޢުލާނުން "ކޮމްޕިއުޓަރ ޓެކްނީޝަން" މަޤާމަށް ފުރުޞަތު ހުޅުވާލުމުން، އެކަށީގެންވާ މިންވަރަށް ޤާބިލު ފަރާތްތަކުގެ އެޕްލިކޭޝަން ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.

 

 

ވަޒީފާގެ ފުރުޞަތު

ނަންބަރު:198A/2019/40

ތާރީޚް:31 މާރިޗު  2019

މަޤާމު

ކޮމްޕިއުޓަރ ޓެކްނީޝަން

ރޭންކް: އެމް.އެސް 1

ޢަދަދު

01

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

 -/5,610 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް: -/2,805 (އަސާސީ މުސާރައިގެ %50 )

- ސަރވިސް އެލަވަންސް: -/2,000

- ލިވިންގ އެލަވަންސް: -/3,000

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން، ނުވަތަ
  2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކްހެއް ލިބެމުންދިޔުމާއިއެކު،GS4 ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މައިގަޑު މަސައްކަތްތައް

  • ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ކޮމްޕިއުޓަރތައް ޓްރަބްލް ޝޫޓް ކުރުމާއި، ކޮމްޕިއުޓަރ، ޕްރިންޓަރ އަދި ނެޓްވަރކަށް ދިމާވާ މައްސަލަ ޙައްލުކުރުން.
  • މެޖިސްޓްރޭޓް ކޯޓުތަކަށް ފޯނުގެ ޒަރިއްޔާއިން އަ.އި.ޓީއާއިގުޅޭގޮތުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ޝަރުޢީދާއިރާއަށް ބޭނުންވާ އަ.އި.ޓީ އާ ގުޅޭ ސާމާނުގެ ސްޕެސިފިކޭޝަން ތައްޔާރުކުރުން.
  • ސްޕީރިއަރ ކޯޓުތަކުން ބޭނުންވާ އަ.އި.ޓީ އާ ގުޅޭ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ޝަރުޢީ ކޯޓުތަކުގެ މުވައްޒަފުންގެ ރަސްމީ އީމެއިލް އެޑްރެސް ބޭނުންކުރެވޭނެގޮތް ހަދައިދިނުމާއި ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ޙައްލު ކުރުން.
  • ވިންޑޯސް ސަރވަރ އިންސްޓޯލްކޮށް އެ މެނޭޖްކޮށް ބެލެހެއްޓުން.
  • ޑިޕާޓްމަންޓްގައި ބޭނުންކުރާ ސޮފްޓްވެއަރ،ވެބްސައިޓް އަދި އެޕްލިކޭޝަންސްތައް ބޭނުންކުރާއިރު، ސެކިއުރިޓީ މައްސަލަ ދިމާވޭތޯ ބަލައި މޮނިޓަރ ކުރުން.
  • ނެޓްވަރކްގައި ރައްކާކުރެވިފައިވާ މަޢުލޫމާތުގެ ބެކަޕް ޤަވާޢިދުން ނެގޭނެ އިންތިޒާމް ހަމަޖައްސައި ބެކަޕް ނެގޭތޯ ބަލައި، ނެގޭ ބެކަޕް ރައްކާތެރިކާމާއިއެކު ބެލެހެއްޓުން.
  • ޑިޕާޓްމަންޓުގެ ނެޓްވަރކަށް ދިމާވާ މައްސަލަތައް ދުވަހުން ދުވަހަށް ހައްލުކޮށް ނެޓްވަރކްގެ ޚިދުމަތް މެދުނުކެނޑި ލިބެންހުންނާނެ ގޮތަކަށް އިންތިޒާމް ހަމަޖެއްސުން.

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2019 އޭޕްރީލް 10 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006281
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • މިމަޤާމުގެ އިންޓަރވިއު 2019 އޭޕްރީލް 20 އިން 26 އާއި ދެމެދު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ ވަޒީފާއަށް ކުރިމަތިލައްވާ ހުރިހާ ބޭފުޅުންވެސް އެމުއްދަތުގައި އިންޓަރވިއުއަށް ހާޟިރުވެވޭގޮތަށް ތިއްބެވުމަށް ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނެވުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިއުޓަރ ޓެކްނީޝަން މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތައުލީމް: 40 ޕަސެންޓް 
  • މަސައްކަތުގެ ތަޖްރިބާ:8 ޕަސެންޓް 
  • އިންޓަރވިއު އާއި ޕްރެކްޓިކަލް ޓެސްޓް: 40 ޕަސެންޓް
  • ޝަރުޢީދާއިރާގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ އެފަރާތެއްގެ މަސައްކަތު އަޚްލާޤާއި، ޕަރފޯމެންސަށް: 12 ޕަސެންޓް 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ރާއްޖޭގައި ޤާއިމުކުރެވިފައިވާ މެޖިސްޓްރޭޓް ކޯޓުތަކަށް ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ASP.NET އާއި MVC framework ގައި މަސައްކަތްކުރަން އެނގޭ، CCNA ޙާޞިލްކޮށްފައިވާ ފަރާތަކަށްވުން.
  • މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އަމަލީ ތަޖުރިބާހުރި، ނަތީޖާ ނެރެފައިވާ ފަރާތެއް ކަމުގައިވުން.
  • މަސައްކަތާއި ގުޅޭގޮތުން ޝަރުޢީކޯޓުތަކާއި އިދާރާތަކުގައި ހިންގޭ ކުރު ތަމްރީނު ޕްރޮގްރާމްތައް ރާވާ ހިންގުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
31 މާރިޗު 2019
ހޯދާ