ދިވެހިރާއްޖެ
1440 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކަށް 03 އޭޕްރީލް 2019 އިން ފެށިގެން 28 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އެފުރުޞަތު ހުޅުވާލަމެވެ.
މާލޭގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުން
ތާރީޚް: 03 އޭޕްރީލް 2019 އިން 28 އޭޕްރީލް 2019 އަށް
ގަޑި: 09:00 އިން 13:00 އަށް
މާލެއާއި އަތޮޅުތަކުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓަރީ ވާން އެދޭ ފޯމު" ފުރުއްވުމަށްފަހު އަތޮޅުތެރޭގައި ނަމަ ކޮންމެ ރަށަކުންވެސް އެރަށެއްގެ ރަށުކައުންސިލް / ސިޓީ ކައުންސިލަށެވެ. އަދި މާލޭގައި ނަމަ، ފޯމު ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ މި މިނިސްޓްރީގެ ހޯލުގައެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ރަޖަބު 1440ހ.
31 މާރިޗު 2019މ.