މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Scholarships for Excellent Foreign Students , Thailand

Scholarships for Excellent Foreign Students

(Sirindhorn International Institute of Technology (SIIT), Thammasat University, Thailand)

 

ތައިލޭންޑްގެ ސިރިންހޯން އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، ތަމަސަޓް ޔުނިވަރސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ތިރީގައިވާ ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ބެޗްލަރސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި އެފަރާތުން ވަނީ އަންގަވާފައިވެއެވެ.

   

  • Undergraduate Scholarship Program for Excellent Foreign Students
  • Graduate Scholarship Program for Excellent Foreign Students

 

       ވީމާ، މިސްކޮލަރޝިޕްގައި އަމިއްލަގޮތުން ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އޮންލައިން އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު މި އިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަށް އަޕްލޯޑް ކުރެވިފައި ވާނެއެވެ. އަދި ތިރީގައިވާ އިންސްޓިޓިއުޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އޮންލައިން އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 30 އޭޕްރީލް 2019 އެވެ.

 

 

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ ޔުނިވަރސިޓީއެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

 

31 މާރިޗު 2019
ހޯދާ