މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫން ކުއްޔަށް ބިން ދޫކުރުމާގުޅޭ

ނަންބަރު:IUL)297/INDIV/2019/18)  

 

 

އިޢުލާން

    ބިން ކުއްޔަށް ދޫކުރުމާއި ބެހޭ

މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ހުއްދަ ލިބިފައިވާ ބިންތަކުގެ ތެރެއިން ނ. ވެލިދޫ އުތުރުކޮޅު ސަރަހައްދުން 1200 އަކަފޫޓުގެ 8 ބިން 10 އަހަރުގެ މުއްދަތަށް އަދި ނ. ވެލިދޫ ލޯކަލް ބީޗް ސަރަހައްދުން 1477.73 އަކަފޫޓުގެ 1 ބިމާއި 1483.89 އަކަފޫޓުގެ 1 ބިން 15 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މިބިންތައް ބިޑް އުސޫލުން ކުއްޔަށް ހިފުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން 8 އޭޕްރީލް 2019 ވާ ހޯމަދުވަހުގެ 10:30އަށް އެކަމަށް އެދި ހުށަހެޅުއްވުން އެދެމެވެ. ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ.

 

ކުއްޔަށް ދޫކުރާ ބިންތަކާބެހޭ މަޢުލޫމާތު

  1. 1.   ނ. ވެލިދޫގެ އުތުރު ފަރާތުން ގުދަން/ގަރާޖް އެޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 1200 އަކަފޫޓުގެ 8 ބިން
  • މުއްދަތު: 10 އަހަރު
  • ކުލި: ފެށޭއަގު މަހަކު އަކަފޫޓަކަށް -/50 ފަންސާސްލާރިން ފެށިގެން އެދޭ ކުއްޔަށް
  • ކުލި ނުހިނގާ މުއްދަތު: 2 މަސް

 

  1. 2.   ވެލިދޫ ލޯކަލްބީޗް ސަރަޙައްދުން އާންމު ވިޔަފާރި / ފިހާރަ ހެދުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 1477.73 އަކަފޫޓުގެ 1 ބިން
  • މުއްދަތު: 15 އަހަރު
  • ކުލި: ފެށޭއަގު މަހަކު އަކަފޫޓަކަށް -/50 ފަންސާސްލާރިން ފެށިގެން އެދޭ ކުއްޔަށް
  • ކުލި ނުހިނގާ މުއްދަތު: 3 މަސް
  1. 3.   ވެލިދޫ ލޯކަލްބީޗް ސަރަޙައްދުން އާންމު ވިޔަފާރި / ފިހާރަ ހެދުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 1483.89 އަކަފޫޓުގެ 1 ބިން
  • މުއްދަތު: 15 އަހަރު
  • ކުލި: ފެށޭއަގު މަހަކު އަކަފޫޓަކަށް -/50 ފަންސާސްލާރިން ފެށިގެން އެދޭ ކުއްޔަށް
  • ކުލި ނުހިނގާ މުއްދަތު: 3 މަސް

 

  • o    ހުށަހަޅުއްވާއިރު ބޭނުންވާ ބިމުގެ ނަންބަރު ލިޔުމުގައި ބަޔާންކުރަންވާނެއެވެ.
  • o    އެއްބިމަކަށް ހުށަހަޅާ ކުލި އެއްވަރުކޮށް އެއްފަރާތަށްވުރެ ގިނަ ފަރާތުން ހުށަހަޅައިފިނަމަ އެބިމެއް ދޫކުރާނެ ފަރާތެއް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
  • o    ކެފޭ އަދި ފިހާރަ ހަދަންވާނީ އެފަދަ ތަންތަން ހެދުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެމަތިންނެވެ.
  • o    ގުދަން ހަދަންވާނީ އެތަނުގައި ކުރާ ބޭނުމެއްގެ ސަބަބުން އެހެން ފަރާތްތަކަށް އުނދަގޫ ނުފޯރާނެ މިންގަނޑަކަށެވެ.
  • o    ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެމަތީ ކުލި ހުށަހަޅާ ފަރާތްތަކަށެވެ.

                                  28 މާރޗް 2019

28 މާރިޗު 2019
ހޯދާ