މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް ޔުނިޓުގެ ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް މީހަކު ހޯދުން

އިޢުލާނު

 

މަޤާމް:

ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-118131

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިޔަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޕްރޮކިއުމަންޓް ޔުނިޓު / މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް،  ކ.މާލެ

މުސާރަ:

މަހަކު   5610.00ރުފިޔާ،   

ސަރވިސްއެލެވަންސް:

މަހަކު 2000.00  ރުފިޔާ

އެހެނިހެން އެލަވަންސް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.'
  4. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު -/700ރ (ހަތްސަތޭކަ ރުފިޔާ)

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީގެ ބެލުމުގެދަށުގައިވާ ޢިމާރާތްތަކާއި، ފަރުނީޗަރާއި، މެޝިނަރީ އަދި ޓޫލްސް އާއި އިކްވިޕްމަންޓްސް ފަދަ ތަކެތި މަރާމާތުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.
  2. މިނިސްޓްރީއަށް ބޭނުންވާ މެޝިނަރީއާއި އިކްވިޕްމަންޓް އަދި އައި.ޓީ އާއި ގުޅޭ ތަކެތި ހޯދުން.
  3. މިނިސްޓްރީ އަށް ބޭނުންވާ ސޮފްޓްވެއަރތައް ގަތުމަށް ނުވަތަ ހެއްދުމަށް ޕްރޮކިއުމަންޓް ޔުނިޓުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. މިނިސްޓްރީއަށް ބޭނުންވާ ޓޫލްސް އާއި ހިފާގެންގުޅޭ ތަކެތި ހޯދުން.
  5. މިނިސްޓްރީން ހަމަޖައްސަންޖެހޭ ކެއުމާއި ސައިގެ އިންތިޒާމްތައް ހަމަޖެއްސުން.
  6. މިނިސްޓްރީ އަށް ބޭނުންވާ ސްޕެއަރޕާރޓްސް އާއި ތެޔޮ ފަދަ ތަކެތި ހޯދުން.
  7. މިނިސްޓްރީން ގެންނަ އަދި އެކި އެކި ފަރާތްތަކުން މިނިސްޓްރީއަށް ފޮނުވާ މުދާ ކްލިއަރ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލުކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

 

 

 

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

ސަޕޯޓް އޮފިސަރ (އެމް.އެސް 1)

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

ކެޓެގަރީގެ ޖުމްލަ އިންސައްތަ (%)

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމު

65

35

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

އިމްތިޙާން

ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން

12

5

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން

/ޕްރެކްޓިކަލްސް

100

40

40

ޖުމްލަ

230

100

100

މަޤާމަށް ޢައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތަވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޭޕްރީލް 09 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް   [email protected]  މެދުވެރިކޮށްވެސް އަދި ފެކްސް 3315161 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު /ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު/ ޕްރެޒެންޓޭޝަން/ޕްރެކްޓިކަލްސް އޮންނާނީ،  2019 އޭޕްރީލް 14 އާއި 30 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއު / ޕްރެޒެންޓޭޝަން / ޕްރެކްޓިކަލްސް އަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200 ނަންބަރު ފޯނާއެވެ.ފެކްސް ނަންބަރަކީ 3315161 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

30 މާރިޗު 2019
ހޯދާ