ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރެވެނިއު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 

 މަޤާމް:

ރެވެނިއު އޮފިސަރ

ބޭނުންވާ ޢަދަދު:    01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.)

މުސާރައާއި އެލަވަންސް  

މުސާރަ (މަހަކު) 4,465/-(ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސްފަސް ރުފިޔާ)

ސާރވިސް އެލަވަންސް

މަހަކު 1500/- (އެއްހާސް ފަސްސަތޭކަ ރުފިޔާ)

ރިސްކް އެލަވަންސް

ފައިސާބަލައިގަނެ ޖަމާކުރުމުގެ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 25/- (ފަންސަވީސް ރުފިޔާ)

އިތުރު އެލަވަންސްތައް:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ.

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި.

ތަޢްލީމީ ފެންވަރު:

1-   އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ އެކައުންޓިންގ / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އިންފޮމޭޝަން ޓެކްނޮލޮޖީ/ހިޔުމަން ރިސޯސް މެނޭޖްމަންޓު/ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-   އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ އެކައުންޓިންގ / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އިންފޮމޭޝަން ޓެކްނޮލޮޖީ/ހިޔުމަން ރިސޯސް މެނޭޖްމަންޓު/ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

3-   މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުން.

ނުވަތަ

4-   ޖީސީއީ އޯލެވެލް ، ކޭމްބްރިޖު އިމްތިޙާނުން އެކައުންޓިންގ ހިމެނޭ ގޮތުން ދަށްވެގެން 2 މާއްދާއިން C ގްރޭޑް ޙާޞިލުކޮށްފައިވުމާއެކު، ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުން "ދިވެހި" މާއްދާއިން ދަށްވެގެން C ގްރޭޑް ޙާޞިލުކޮށްފައިވުން ނުވަތަ ގްރޭޑް 10 ނިންމައި ފައިސާ ބަލައިގަތުމުގެ ޢަމަލީ މަސައްކަތުގައި އުޅެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ޚިދުމަތް ލިބިގަންނަ ފަރާތްތަކާއި މުޢާމަލާތުކުރުމުގެ ހުނަރު.
  2. އެކައުންޓިންގ ސޮފްޓްވެއަރ ކުއިކް ބުކްސް އެޕްލިކޭޝަން ބޭނުންކޮށްގެން ފައިސާގެ ޙިސާބު ކިތާބު ބެލެހެއްޓުމުގެ ހުނަރު.
  3. މައިކްރޯ ސޮފްޓް އޮފީސް އެކްސެލް ވޯރޑް ބޭނުންކޮށްގެން ފަރިތަކަމާއެކު މަސައްކަތްކުރުމުގެ ހުނަރު.
  4. ބޭންކަށް ފައިސާ ޑިޕޮސިޓް ކުރުމާއި ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ބޭންކިންގ ސާރވިސް އަދި އިންޓަރނެޓް ބޭންކިންގ ސާރވިސް ބޭނުން ކުރުމުގެ ހުނަރު.
  5. ފައިސާ ނުދައްކާ ފަރާތްތަކާއި މަޝްވަރާކޮށްގެން ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގެ ހުނަރު.

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ތިނަދޫ ކައުންސިލުގެ އިދާރާއިން ހިންގުމަށް ހަމަޖެހިފައިވާ، ގޭބިސީތަކުން ކުނިނަގައިދިނުމުގެ ޚިދުމަތުގެ ފީއާއި ޖޫރިމަނާ ފައިސާ ބަލައިގަތުން.
  2. ތިނަދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރުން ވިއްކާ ތަކެތީގެ އަގަށްވާ ފައިސާ ބަލައިގަތުން.
  3. ތިނަދޫ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ޢިމާރާތްތަކާއި ބިންބިމުގެ ކުލި ބަލައިގަތުން.
  4. ކައުންސިލުގެ އިދާރާއަށް ބަލައިގަންނަ އެހެނިހެން ފީއާއި ކުއްޔާއި އެކިބާވަތުގެ ޖޫރިމަނާ ފައިސާ ބަލައިގަތުން.
  5. އިދާރާއަށް ބަލައިގަންނަ ފައިސާ ދުވަހުން ދުވަހަށް ކައުންސިލުގެ ބޭންކް އެކައުންޓްތަކަށް ޖަމާކުރުން.
  6. މަސްދުވަހުގެ ޑެޓާރސް ރެކޯޑް (ފައިސާ ނުދައްކާ ފަރާތްތަކުގެ މަޢްލޫމާތު) ނަގައި، ފައިސާ ހޯދުމަށް މަސައްކަތްކުރުން.
  7. ތިނަދޫ ކައުންސިލުގެ އިދާރާގެ އާމްދަނީ ރިޕޯޓްތައް މަހުންމަހަށް ތައްޔާރުކޮށް ، އާމްދަނީގެ އަހަރީ ރިޕޯޓް ތައްޔާރުކުރުން.
  8. އިދާރާގެ މާލީ ބަޔާން ތައްޔާރުކުރުމުގައި އެހީތެރިވުން.
  9. އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-   ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް.

2-   ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-   އެޓެސްޓްކޮށްފައިވާ ތަޢްލީމީ ސަނަދުތުތައް.

4-   އެޓެސްޓްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް.

ސުންގަޑި:

10 އޭޕްރީލް 2019 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް.

         

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

28 މާރިޗު 2019
ހޯދާ