ކިނބިދޫ ސްކޫލް، ތ. ކިނބިދޫ
ދިވެހިރާއްޖެ
ކިނބިދޫ ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

01 މެއި 2019 އިން މީލާދީ 1 އަހަރު ދުވަހަށް، މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 އޭޕްރީލް 2019 ވާ ބުދަ ދުވަހުގެ ހެނދުނު 09:30 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއް ވުމަށްފަހު 08 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 09:30 އަށް މިސްކޫލަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

އެސްޓިމޭޓް ކެނޑުން އޮންނާނީ 08 އޭޕްރީލް 2019 ވާ ހޯމަ ދުވަހުގެ ދުވަހުގެ ހެނދުނު 09:35 ގައި، އެސްޓިމޭޓް ހުށަހެޅި ފަތާތްތަކުގެ ހާޟިރުގައެވެ. އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވާންވާނެއެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބިޑް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ. 

މައުލޫމާތު ސާފުކުރެއްވުމަށް ނުވަތަ ބިޑް ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެސްޓިމޭޓުގެ ވެރިފަރާތުގެ ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީއެއް ފޮނުއްވަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6780095 އާއި ގުޅުއްވުން އެދެމެވެ.

20 ރަޖަބް 1440

27 މާރޗް 2019

 

އަޙުމަދު ޢަބްދުﷲ

ޕްރިންސިޕަލް

27 މާރިޗު 2019
ހޯދާ