ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސް.ޓީ.އޯ ސ.ހިތަދޫ ފިހާރައަށް ބަސްތާއިން ގެންދެވޭ މުދާ ބޯޓުން ބާލައިގެން ގެންގޮސް ފިހާރައިން ދައްކާ ތަނެއްގައި ކަމާލު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން 60-އޭޑީއެމް/362/2018 ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.

ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެވެރިފަރާތް:ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ.

ރަޖިސްޓަރީކުރުން:ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 02  އޭޕްރިލް 2019 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އެސް.ޓީ.އޯ ސ.ހިތަދޫ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސްދޫކުރުން:ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 02 އޭޕްރިލް 2019 ވާ އަންގާރަ ދުވަސް  ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތުދިނުން:ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 03 އޭޕްރިލް 2019 ވާ ބުދަ ދުވަހުގެ 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ސ.ހިތަދޫ ފިހާރައިގައި އޮންނާނެއެވެ.

ސުވާލާއިޖަވާބު:ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 04 އޭޕްރިލް 2019 ވާ ބުރާސްފަތި  ދުވަހުގެ 12:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި، 07 އޭޕްރިލް 2019 އާދީއްތަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް:ބީލަންކަރުދާސް ހުޅުވުން އޮންނާނީ 10 އޭޕްރިލް 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގައި އެސް.ޓީ.އޯ ސ.ހިތަދޫ ފިހާރައިގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:3344262،3012687

ފެކުސް:3344633

އީމެއިލް: [email protected]

26 މާރިޗު 2019
ހޯދާ