މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސް އިމާރާތްތައް ފޮޅާ ސާފުކުރާނެ ފަރާތެއް ހޯދުމަށް

 

އިޢުލާން  

މި މިނިސްޓްރީގެ ތިރީގައި ބަޔާންކުރެވިފައިވާ އިމާރާތްތައް ފޮޅާ ސާފުކުރާނެ ފަރާތެއް ހޯދުމަށް

  1. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ވެލާނާގެ 11ވަނަ ފްލޯރ
  2. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ވެލާނާގެ 4 ވަނަ ފްލޯ (އެސް.އީ.ޒެޑް އޮފީސް)
  3. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު
  4. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް،  ހުރަވީ ބިލްޑިންގ 3 ވަނަ ފްލޯރ (ލޭބާރ އެންޑް އެންޕްލޯއިމެންޓް ސެކްޝަން)

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 28 މާރޗު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިމިނިސްޓްރީއަށް (ބޮޑުތަކުރުފާނުމަގުގައި ހުންނަ އިމާރާތް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 އެޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ. ( ބޮޑުތަކުރުފާނުމަގު) އަދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3333117 ، 3333172 އަށް ގުޅުއްވުން އެދެމެވެ.

26 މާރިޗު 2019
ހޯދާ