ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ިއިޝްތިހާރާއި ބެހޭ ޤަވާއިދަށް ގެނައި އިސްލާޙު:

އާއްމު އިޢުލާން

އިޝްތިހާރާއި ބެހޭ ޤަވާއިދަށް ގެނައި އިސްލާޙު:

  ތިނަދޫ ކައުންސިލްގެ (މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާ ބެހޭ ޤަވާއިދު- 07 ސެޕްޓެމްބަރު 2014) ގެ 8 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) ތިރީގައި މިވާގޮތަށް އިޞްލާޙުކުރެވިފައިވެއެވެ.               

 އިޝްތިހާރު ބިލްބޯޑުގެ ގޮތުގައި ޢާއްމުންނަށް ފެންނަ ތަންތަނުގައި ދާއިމީ ގޮތަކަށް ހަރުކޮށްފައި ބަހައްޓާ އިޝްތިހާރު ބޯޑުތަކަށް، ސައިޒް 8 ފޫޓު 12 ފޫޓު ބޯޑަކަށް މަހަކު ޖުމްލަ 550 (ފަސްސަތޭކަ ފަންސާސް ރުފިޔާ)، އަދިސައިޒް 8 ފޫޓް 4 ފޫޓް ބޯޑަކަށް މަހަކު 200 (ދުއިސައްތަ ރުފިޔާ) އަދި 12 ފޫޓް 18 ފޫޓް ބޯޑަކަށް މަހަކު 700 (ހަތްސަތޭކަ ރުފިޔާ) ގެ ކުލި ހަމަޖައްސައި، މިރޭޓުން އިސްތިހާރު ބިލްބޯޑުތައް ހަރުކުރުމުގެ ހުއްދަ ދިނުމަށް 14 މާރިޗު 2018 ދުވަހު ބޭއްވުނު ތިނަދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ 37 ވަނަ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

އެހެންކަމުން މަގުމަތީ އިޝްތިހާރު ބޯޑު ބެހެއްޓުމުގައި ކައުންސިލްގެ ކުރީގެ ޤަވާއިދު އުވާލައި މިހާރުގެ ޤަވާއިދާއި އެއްގޮތަށް އަމަލު ކުރުމަށް ދަންނަވަމެވެ.       

 

14 މާރިޗު 2018
ހޯދާ