ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 

 މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:    01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.)

މުސާރައާއި އެލަވަންސް  

މުސާރަ (މަހަކު) 4,465/-(ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސްފަސް ރުފިޔާ)

ސާރވިސް އެލަވަންސް

މަހަކު 1500/- (އެއްހާސް ފަސްސަތޭކަ ރުފިޔާ)

ސަޕޯރޓިންގކޯ އެލަވަންސް.

މަހަކު 700/- (ހަތްސަތޭކަ ރުފިޔާ)

އިތުރު އެލަވަންސްތައް:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ.

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި.

ތަޢްލީމީ ފެންވަރު:

1-    އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ އެކައުންޓިންގ / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އިންފޮމޭޝަން ޓެކްނޮލޮޖީ/ އިސްލާމިކް ސްޓަޑީޒް/ ޝަރީޢާ/ ހިޔުމަން ރިސޯސް މެނޭޖްމަންޓު/ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-    އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ އެކައުންޓިންގ / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އިންފޮމޭޝަން ޓެކްނޮލޮޖީ/ އިސްލާމިކް ސްޓަޑީޒް/ ޝަރީޢާ/ ހިޔުމަން ރިސޯސް މެނޭޖްމަންޓު/ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

3-    މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުން.

ނުވަތަ

4-    އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ އެކައުންޓިންގ / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އިންފޮމޭޝަން ޓެކްނޮލޮޖީ/ އިސްލާމިކް ސްޓަޑީޒް/ ޝަރީޢާ/ ހިޔުމަން ރިސޯސް މެނޭޖްމަންޓު/ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

ނުވަތަ

5-   ޖީ ސީ އީ އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން ޑީ ގްރޭޑް ޙާޞިލުކޮށްފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން ދިވެހި، މި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ޚިދުމަތް ލިބިގަންނަ ފަރާތްތަކާއި މުޢާމަލާތުކުރުމުގެ ހުނަރު.
  2. ކޮރަލްޑްރޯ ފޮޓޯޝޮޕް ފަދަ ގްރިފިކްސް މަސައްކަތް ކުރެވޭ އެޕްލިކޭޝަން ސޮފްޓްވެއަރތައް ބޭނުން ކުރުމުގެ ހުނަރު.
  3. ފޮޓޯ ނެގުމުގެ ހުނަރު ލިބިފައިވުން.
  4. މައިކްރޯ ސޮފްޓް އޮފީސް އެކްސެލް ވޯރޑް ބޭނުންކޮށްގެން ފަރިތަކަމާއެކު މަސައްކަތްކުރުމުގެ ހުނަރު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް ފުރަންޖެހޭ ފޯމު ފުރުމާއި ފޮޓޯ ނެގުމާއި ފޮޓޯ އެޑިޓްކުރުމާއި މި މަސައްކަތަށް ބޭނުންކުރާ އެޕްލިކޭޝަން ސޮފްޓްވެއަރ ބޭނުންކޮށްގެން ޑިޕާރޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އަށް ފޮނުވަންޖެހޭ މަޢްލޫމާތު ދުވަހުން ދުވަހަށް ފޮނުވުން. 
  2. އައި ޑީ ކާޑު ހަދައިދެވޭ ފަރާތްތަކުގެ ރިކޯޑް ޝީޓް ފުރިހަމަކޮށް ދުވަހުން ދުވަހަށް ސުޕަރވައިޒަރަށް މެއިލްގެ ޒަރީޢާއިން ފޮނުވުން.
  3. ތަނުމަތީގައި ތިބޭ ބަލިމީހުންނާއި އެނދުމަތި ކުރެވިފައި ތިބޭ ބަލިމީހުންގެ އައިޑީކާޑު ހެދުމަށް ފޮޓޯ ނެގުމާއި މަޢްލޫމާތު ނެގުމަށް ހަސްފަތާލާއި ގޭގެއަށް ޒިޔާރަތްކުރުން.
  4. ރަށްވެހިންގެ މަޢްލޫމާތު އިދާރާގެ ޑާޓާބޭސްއަށް އެންޓަރކުރުމުގެ މަސައްކަތްތައް ކުރުން.
  5. އިދާރީ މަސައްކަތްތަކުގައި އެހެން މުވައްޒަފުންނަށް އެހީތެރިވުމާއި ސުޕަރަވައިޒަރު ޙަވާލުކުރާ އިދާރީ މަސައްކަތްތައް ކުރުން.
  6. އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-   ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް.

2-   ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-   އެޓެސްޓްކޮށްފައިވާ ތަޢްލީމީ ސަނަދުތުތައް.

4-   އެޓެސްޓްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް.

ސުންގަޑި:

03 އޭޕްރިލް 2019 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް.

         

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

24 މާރިޗު 2019
ހޯދާ