މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ޚިދުމަތްތައް މާރކެޓްކުރުމަށް އޭޖެންޓުން ހޯދުމާ ބެހޭ

މިކޯޕަރޭޝަންގެ ޚިދުމަތްތަކާގުޅޭ މަޢުލޫމާތު އެ ދާއިރާއެއްގެ ރައްޔިތުންނަށް ފޯރުކޮށްދޭނެ އޭޖެންޓުން ހޯދުމަށް ޢާންމުކޮށް ޢިޢުލާނު ކުރަމެވެ.

ބޭނުންވާ އަދަދު:

  • ދިވެހިރާއްޖޭގެ ކޮންމެ އިންތިޚާބީ ދާއިރާއަކުން 1 (އެކެއް) އޭޖެންޓް

ޢުޖޫރަ / އިނާޔަތް:

  • އޭޖެންޓް މެދުވެރިވެގެން ޢުމްރާއަށް ރަޖިސްޓްރީކޮށް ފައިސާ ދައްކައި ޚަލާސްކުރާ ކޮންމެ މީހެއްގެ ޢުމްރާގެ އަގުގެ %2 (ދޭއް އިންސައްތަ) ކޮމިޝަން.
  • އެޖެންޓު މެދުވެރިވެ 50 މީހުން އެއް ޢުމްރާ ދަތުރުގައި ރަޖިސްޓްރީ ކުރުވައިފިނަމަ، އެޖެންޓަށް ހިލޭ ޢުމްރާ ދަތުރެއް ލިބޭނެއެވެ.

ޝަރުތު:

  • ދިވެހި ރައްޔިތެއް ކަމުގައިވުން / ދިވެހިރާއްޖޭގައި ރަޖިސްޓްރީވެގެން ހިންގާ ޖަމްޢިއްޔާއެއް ކަމުގައިވުން.
  • އާންމު ފަރުދެއް ނަމަ މީލާދީގޮތުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން.
  • ޙައްޖާއި ޢުމްރާގެ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ޖަމާޢަތެއްގެ ޙިއްސާ އޮންނަ ފަރާތެއްކަމުގައި ނުވުން. އަދި އެފަދަ ޖަމާޢަތެއްގެ މަޤާމެއްގައި ވަޒީފާއަދާކުރާ ފަރާތެއްކަމުގައި ނުވުން.
  • އެކި ރަށްރަށަށް ދަތުރުކޮށް ކަސްޓަމަރުން ހޯދުމުގެ މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައިވުން.
  • އިސްލާމް ދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތްފަދަ ކުށެއް ކޮށްފައިވާ ފަރާތެއްކަމުގައި ނުވުން.
  • ސާބިތު ދަރަންޏެއް އޮތް ފަރާތެއްކަމުގައި ނުވުން.
  • ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި އުޅޭ ފަރާތަކަށް ނުވުން.
  • ޙައްޖު ކޯޕަރޭޝަންގެ ބޯޑު މެންބަރެއް ނުވަތަ މުވައްޒަފަކާ ޢާއިލީ ގުޅުމެއް އޮތް ފަރާތެއް ކަމުގައި ނުވުން.

މަސްއޫލިއްޔަތު:

  • ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު އެ ދާއިރާއެއްގެ ރައްޔިތުންނަށް ފޯރުކޮށްދިނުން.
  • ކޯޕަރޭޝަންގެ ޚިދުމަތްތަކަށް ކަސްޓަމަރުން ނުވަތަ މެމްބަރުން ހޯދުން.
  • ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅޭގޮތުން އެ އަތޮޅެއްގެ ނުވަތަ އެ ދާއިރާއެއްގެ ރައްޔިތުން ދެކޭ ގޮތާއި ޚިޔާލާއި ކަންބޮޑުވުންތައް ދެނެގަނެ އެ ކަންކަން ކޯޕަރޭޝަނަށް އެންގުން.
  • ކޯޕަރޭޝަނުން އެ އޭޖެންޓެއް ނިސްބަތްވާ އަތޮޅަށް ނުވަތަ ދާއިރާއަށް ކުރާ ދަތުރުގައި ޢަމަލީގޮތުން ބައިވެރިވުމާއި މާކެޓިންގ މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.

 

ހުށައަޅަންޖެހޭ ލިޔުންތައް:

  • އޭޖެންޓެއް ގޮތުގައި މަސައްކަތް ކުރުމަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަނަވަރު / ޕްރޮފައިލް
  • ތަޢުލީމާއި ތަޖުރިބާ އަންގައިދޭ ލިޔެކިޔުންތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާ ނުވަތަ ކުރައްވާފައިވާ ނުވަތަ ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ.

ސުން ގަޑި:

އެޕްލިކޭޝަން ފޯމު 31 މާރިޗް 2019 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ ލިޔެކިޔުންތަކާއެކު admin@mhcl.mv އަށް ފޮނުއްވުން އެދެމެވެ.

25 މާރިޗް 2019

25 މާރިޗު 2019
ހޯދާ