މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 3 މެއި 2019 ގައި ޖަލްސާއެއް (ހަފްލާއެއް) ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިޖަލްސާ ބޭއްވުމާ ގުޅޭގޮތުން ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  1. ހޯލް ތައްޔާރު ކޮށްދިނުން (ސައުންޑްއާއި ލައިޓް އަދި ޑެކަރޭޝަންސް)
  2. ހަފްލާގެ ކޭޓަރިން
  3. ހަފްލާގެ ފޮޓޯ ނެގުން

ވީމާ، މިމަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން 27 މާރިޗް 2019 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 އޭޕްރިލް 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 އަށް މިކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

21 މާރިޗު 2019
ހޯދާ