ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.އަތޮޅު ސްޓޭޓް ހައުސްގެ ސެކިއުރިޓީ ބެލެހެއްޓުން

ހދ އަތޮޅު ސްޓޭޓް ހައުސް ގެ ސެކިއުރިޓީ، ކޮންޓްރެކްޓް އުސޫލުން 06 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުން ކުރި އިޢުލާނާ ގުޅިގެން 13 މާރިޗު 2019 ވަނަ ދުވަހު ބޭއްވުނު އަގު ހުށައެޅުމުގެ ބައްދަލުވުމަށް އެކަށީގެންވާ އަދަދަށް ބޭފުޅުން ހާޒިރު ނުވާތީ ހދ އަތޮޅު ސްޓޭޓް ހައުސްގެ ސެކިއުރިޓީ ބެލެހެއްޓުމަށް އަލުން އިޢުލާނު ކުރީމެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 24 މާރިޗު 2019 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 28 މާރިޗު 2019 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި އިދާރާއަށް ހާޟިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.  އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މިއިދާރާގެ ނަންބަރު 6521100 ފޯނަށް ގުޅުއްވުން އެދެމެވެ.

21 މާރިޗު 2019
ހޯދާ