މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މާލެ ބިޒްނަސް ސެންޓަރ ގެ އޮފީސް އިމާރާތަށް ބޭނުންވާ އިކުއިޕްމަންޓް ހޯދުމަށް

   އިޢުލާން

 މާލެ ބިޒްނަސް ސެންޓަރ ގެ އޮފީސް އިމާރާތަށް ބޭނުންވާ އިކުއިޕްމަންޓް ހޯދުމަށް

މި މިނިސްޓްރީން ހިންގަމުންދާ އައި. ޑީ. ބީ ޕްރޮޖެކްޓްގެ މާލެ ބިޒްނަސް ސެންޓަރ ގެ އޮފީސް ހ. ސަކީނާ މަންޒިލް، ތިންވަނަ ފަންގިފިލާއިން ލިބިފައިވާ ޖާގައަށް ބަދަލުކުރުމާއި ގުޅިގެން އެތަނަށް ބޭނުންވާ އިކުއިޕްމަންޓް ހޯދުމަށް 13 މާރިޗް 2019 ގައި މި މިނިސްޓްރީން ކުރި އިޢުލާން ނަމްބަރ (IUL)101-EP/1/2019/117)އަށް އެކަށީގެންވާ އަދަދެއްގެ ފަރާތުން ބިޑް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 24 މާރިޗް 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11.00 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގުގައި (ކޯސްޓް ގާޑް ބިލްޑިންގ އާއި ޖެހިގެން އިރަށް) ހުންނަ އިމާރާތުގައި ބާއްވާ މަޢުލޫމާތު ސެޝަންއަށް ވަޑައިގެން ދެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވެވޭނީ މަޢުލޫމަތު ސެޝަންގައި ބައިވެރިވާ ފަރާތްތަކަށެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 27 މާރިޗް 2019 ވާ ބުދަ ދުވަހުގެ 10.00 ގައި މިނިސްޓަރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގުގައި (ކޯސްޓް ގާޑް ބިލްޑިންގ އާއި ޖެހިގެން އިރަށް) ހުންނަ އިމާރާތުގެ 3 ވަނަ ފަންގިފިލާގެ ކޮންފަރެންސް ހޯލްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3333113 ނަމްބަރ ފޯނާ ގުޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅާނެގޮތުގެ މަޢުލޫމާތު ޝީޓް، ބިޑް ސަބްމިޝަން ފޯމް އަދި ޕްރައިސް ޝެޑިއުލް ފޯމް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

20 މާރިޗު 2019
ހޯދާ