ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް ބޭނުންވާ ބައެއް ހަރުމުދާ ގަތުމާއި ބެހޭ

މިއިދާރާއަށް ބޭނުންވާ ބައެއް ހަރުމުދާ ގަތުމާއި ބެހޭ

 

ތިރީގައި ދަންނަވާފައިވާތަކެތި މިއިދާރާއަށް ވިއްކާނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ޢަދަދު

ތަފްޞީލް

ޢަދަދު

ތަފްޞީލް

ޢަދަދު

ތަފްޞީލް

02

ކޮމްޕިއުޓަރ ސިސްޓަމް i7 ގެ

2

ނެޓްވޯކް ޕްރިންޓަރ

3

ފައިލްހަރުގަނޑު (ދަގަނޑު)

01

ކޮމްޕިއުޓަރ ސިސްޓަމް i7 ގެ ޓަޗް

1

ކުލަ ޕްރިންޓަރ

3

ހައިބެކް ޗެއަރ

1

އެއަރކޯން (9000 BTU) ގެ

1

ޑިޖިޓަލް ފޮޓޯކޮޕީ މެޝިން

20

ބާމަރީސެޓް

މިތަކެތީގެ އިތުރު ތަފުސީލު، މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ފޭސްބުކް ޕޭޖުންނާއި، ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި މިއިދާރާއިން މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން 2019 މާރިޗު 12 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑިގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ.  މަޢުލޫމާތު ކަރުދާހުގައިވާ ކަންކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ މެއިލް [email protected]  އަށް ނުވަތަ  [email protected]   އަށް ލިޔުން ފޮނުވުމުން ބޭނުންފުޅުވާ މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

މަތީގައި ދަންނަވާފައިވާ ތަކެތި ވިއްކުމަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިތަކެތި ވިއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަކީ ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.

 ވީމާ، މަތީގައިވާ ތަކެތި ވިއްކަން ބޭނުންފުޅުވާ ފަރާތްތަކުން 2019 އެޕްރީލް 15 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓުން www.fncl.gov.mv ޑައުންލޯޑު ކުރެއްވޭނެއެވެ. އަދި މިއިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "2019 ވަނަ އަހަރު ފ. ނިލަންދޫ ކައުންސިލަށް ބޭނުންވާ ކެޕިޓަލްތަކެތި ވިއްކުންއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

13 ރަޖަބު 1440

20 މާރިޗް 2019                 

20 މާރިޗު 2019
ހޯދާ