މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުމަށް

މި މިނިސްޓްރީން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް މި މިނިސްޓްރީގެ ދަށުން ހ. ވައިޓްވޭވްސްގައި ހިންގަމުންދާ މެރިން ރިސާރޗް ސެންޓަރ، މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު އިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރުމާއި ޕްރޮޕޮސަލް ހުށަހެޅުން ތިރީގައިވާ ތާރީޚްތަކަށް ބަދަލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

 

މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 މާރޗް 25 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީގެ މެރިން ރިސާރޗް ސެންޓަރ (ހ. ވައިޓްވޭވްސް/މޫންލައިޓް ހިނގުން) ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު 2019 އޭޕްރީލް 03 ވާ ބުދަ ދުވަހުގެ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

20 މާރިޗު 2019
ހޯދާ