އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދަރުމަވަންތަ ބިލްޑިންގ ގެ 04 ވަނަ ފްލޯގައި "ޖޫސް ބަރ"އެއް ހިންގާނެފަރާތެއް ހޯދުން

އިޢުލާން

 

ދަރުމަވަންތަ ބިލްޑިންގ ގެ 04 ވަނަ ފްލޯގައި "ޖޫސް ބަރ"އެއް ހިންގާނެފަރާތެއް ހޯދުމަށް 13 ފެބްރުއަރީ ގައި ކޮށްފައިވާ ނަމްބަރު 137-IU/PR/2019/02 އިޢުލާނުގެ މައުލޫމާތު ބަދަލުވުމާއި ގުޅިގެން އެއިޢުލާނު ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލުން

 

 

މިބީލަމުގައި ބައިވެރިވުމަށް ކުރިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް ބީލަންފޮތް ދޫކުރުމާއި އަދި މިބީލަމުގައި އަލަށް ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް، ބީލަމާއި ގުޅޭ މައުލޫމާތު ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ މިހޮސްޕިޓަލުގެ ފައިނޭންސް ޑިޕާރޓްމަންޓުންނެވެ. ބީލަންފޮތް ދޫކުރަން ހަމަޖެހިފައިވަނީ  24 މާރިޗު 2019 އިން ފެށިގެން 28 މާރިޗު 2019ގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން ފެށިގެން 13:00 އަށެވެ. ބީލަން ފޮތުގެ އަގަކީ 1000/-ރުފިޔާއެވެ.

ބީލަމާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ  02 އޭޕްރިލް2019  ވާ ހޯމަ  ދުވަހު 13:00 ގައެވެ. ބީލަމާއިގުޅޭ މައުލޫމާތު ފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް މިބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވެން ނޯންނާނެއެވެ.

ޕްރޮޕޯސަލްތައް ބަލައިގަތުން ހަމަޖެހިފައިވަނީ 15 އޭޕްރިލް 2019 ވާ ހޯމަ ދުވަހުގެ 13:00ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމަންޓުގައެވެ. ޕްރޮޕޯސަލްތައް ހުޅުވަން ހަމަޖެހިފައިވަނީ ހުރިހާ ފަރާތެއްގެ ހާޟިރުގައެވެ.

              

             10 ރަޖަބް 1440

             18 މާރިޗު  2019

             

18 މާރިޗު 2019
ހޯދާ